އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް ވަކިކުރަނީ ބޭއަދަބީ ބަސްތަކުން މުޚާތަބް ކުރީމަ!

ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް ވަކިކުރަނީ ބޭއަދަބީ ބަސްތަކުން މުޚާތަބް ކުރީމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމީ ބޭއަދަބީ ބަސްތަކުން މުޚާތަބުކުރި މައްސަލައެއްގައި ކަމަށް އެކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ތަހުގީގު ރިޕޯޓުން ހާމަ ވެއްޖެއެވެ.

 

އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް 2013 ގައި ހުށަހެޅި އިރު، އޭނާގެ ސުލޫކީ މައްސަލަތައް ބަލަން އެ ކޮމިޝަނުން މާ ކުރިން ފޮނުވާފައިވީ ނަމަވެސް އެމައްސަލައިގައި ޖޭއެސްސީ އިން ގޮތެއް ނިންމައި މަޖިލިހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

 

ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި އެމައްސަލައިގައި ބުނެފައިވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު ބަހުން މުޚާތަބުކޮށް ހިސާބުގަނޑު މީހުންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.

 

ޖޭއެސްސީން މި މައްސަލައިގައި ނިންމި ނިންމުމުގައި ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކޮށްފައިވީ ނަމަވެސް ޝަކުވާއާ މެދު ގޮތެއް ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ޝަރުއީ މިންގަނޑަށް ކަމަށެވެ.

 

މިއީ ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ