އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ވެލި ބަރުކޮށްގެން ދަނިކޮށް އަތުލައިގަތް ޗައިނާގެ ސީސީސީސީ ކުންފުނީގެ ބޯޓު ވިއްކާލައިފި

ވެލި ބަރުކޮށްގެން ދަނިކޮށް އަތުލައިގަތް ޗައިނާގެ ސީސީސީސީ ކުންފުނީގެ ބޯޓު ވިއްކާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 51 ސިކުންތު

މިދިޔަމަހު ލ.އަތޮޅު ރަށަކުން ޤަވާއިދާ ޚިލާފަށް ވެލިބަރުކޮށްގެން ދަތުރުކުރަމުންދަނިކޮށް އަތުލައިގަތް ޗައިނާގެ ސީ.ސީ.ސީ.ސީ ކުންފުނީގެ ބޯޓު ވިއްކާލާފައިވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

 

ވެލި ބަރުކޮށްގެން ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރަމުންް ދަނިކޮށް މިބޯޓު ފުލުހުން އަތުލައިގެންފައިވަނީ މިދިޔަމަހުގެ ފަހުކޮޅުއެވެ. ފުލުހުން ބޯޓު އަތުލައިގަތްއިރު ބޯޓުގައި ރެޖިސްޓްރޭޝަން ނަމްބަރެއް އަދި ދިދައެއް ވެސް ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ކަސްޓަމްސްއިން މިއަދު ބުނީ މިބޯޓަކީ ސިނަމާލެ ބްރިޖުގެ މަސައްކަތަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއްކަމަށެވެ. އަދި އެބޯޓު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރަމުންދިޔައީ ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެހެންކަމުން އެބޯޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

 

ކަސްޓަމްސްއިން ބުނީ ކަސްޓަމްސްގެ އިޖުރާތުތައް ފުރިހަމަކުރުމަށްފަހު، އުޅަނދުގެ ވެރިފަރާތުން މިހާރު އެއުޅަނދު އެހެން ފަރާތަކަށް ވިއްކާލާފައެވެ. އަދި މިއީ ޑިއުޓީ ފްރީކޮށް އެތެރެކޮށްފައިވާ އުޅަނދަކަށްވާތީ، އުޅަނދުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ މިދިޔަމަހުގެ 27 ވަނަ ދުވަހު ދައްކާ ހަލާސްކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

 

މިދިޔަމަހު މިބޯޓު ފުލުހުން އަތުލައިގަތީ ބޯޓަށް ގިނަ އަދަދަކަށް ވެލި އަޅާ ބަރާކޮށްގެން ދަތުރުކުރަމުންދަނިކޮށެވެ. އަަދި މި ވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސް ކުރުމަށް އަޅާފައިވާ ވެލިތަކެއްކަމަށް ބޯޓުގައި މަސައްކަތްކުރާ މީހުން ބުނެފައިވާކަމަށާއި ނަމަވެސް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ވެލި ނަގަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ހުއްދަ ދިންކަން އެނގޭ އެއްވެސް ލިޔުމެއް ބޯޓުގައި ނެތްކަމަށްވެސް އޭރު ފުލުހުން ބުނެފައިވެއެވެ.

 

މިބޯޓަކީ ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއްކަމަށް ކަސްޓަމްސްއިން ބުނާއިރު، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ މިއީ ސީ.ސީ.ސީ.ސީ ކުންފުނީގެ ބޯޓެއް ނޫންކަމަށެވެ. އަދި މިއީ ބްރިޖް ހެދި ކުންފުނީގެ ސަބް ކޮންޓްރެކްޓަރުގެ ބޯޓެއް ކަމަަށްވެސް ޗައިނާ އެމްބަސީން ބުނެފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


12%
ވ.ރަނގަޅު
37%
ރަނގަޅު
37%
އޯކޭ
12%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ