އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑަބްލިޔޫއެސްސީ އަކީ އަސާސީ ޚިދުމަތް ދިނުމުގަ ސަރަޙައްދީ ފެންވަރުގަ ވާދަކުރާ ކުންފުންޏެއް: އާދަމް ޢާޒިމް

އެމްޑަބްލިޔޫއެސްސީ އަކީ އަސާސީ ޚިދުމަތް ދިނުމުގަ ސަރަޙައްދީ ފެންވަރުގަ ވާދަކުރާ ކުންފުންޏެއް: އާދަމް ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އެމްޑަބްލިޔޫއެސްސީއަކީ އުމުރުން 24 އަހަރުގެ ވަރަށް ހަގު ކުންފުންޏެއް ނަމަވެސް މިއަދު އެމްޑަބްލިޔޫއެސްސީއަކީ އަސާސީ ޚިދުމަތް ދިނުމުގަ ސަރަޙައްދީ ފެންވަރުގަ ވާދަކުރާ ކުންފުންޏެއް ކަމަށް ކުންފުނީގެ އެމްޑީ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.  

ކުންފުންޏަށް 24 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް ޢާޒިމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ކޮންމެ ވެސް ސިފައެއްގައި ކުންފުނީގެ ޚިދުމަތް ލިބިފައިވާނެ މީހެއް ކަމަށެވެ. އަދި މިއީ ކުރުމުއްދަތެއްގައި ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.  

"ކުންފުނި 1995 ވަނަ އަހަރު އުފެދުނީ މާލޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ނަމަވެސް މިހާރު މިގެންދަނީ މާލެސިޓީގެ އިތުރަށް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން. އިންޖީނުގެތައް ހިނަގައި ކަރަންޓް ދެމުން. މަސްވެރިންނަށް އައިސް ވިއްކަމުން. ފެންހޮޅި ލިމަސް ބޭނުންވާ ތަކެތި ބައިނަލްއަޤްވާމީ ކުންފުނިތަކުން އެތެރެކޮށް ވިއްކަމުން. ފެނުގެ ނިޒާމް ޤާއިުމުކުރަން ބޭނުންވާ ހޮޅި ފަދަ ތަކެތި އެހެން ކުންފުނިތަކަށް ވިއްކަމުން. ފުޅީގައި ބަންދުކުރި ފެން ވިއްކަމުން. މީގެ އިތުރުން މިގެންދަނީ ކުނި މެނޭޖްކުރަމުން." 

އާދަމް ޢާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި ފެނުގެ ސެކިޔުރީޓީ ކަސަވަރުކުރުމަށްޓަކައި ތާނގީ ބަހައްޓާނެ ބިމެއް މިހާރު ލިބިފައިވުމުން ވަރަށް އަވަހަށް އެ މަޝްރޫއުގެ މަސައްކަތްތައްވެސް ފުރިހަމަކުރެވޭނެ ކަމަށާއި ނަޖިސްހޮޅިތައް ބަދަލުކޮށް ނަޖިސް ނާރާނެ ގޮތް ހެދުމަށް އިތުރު ޑިޕާޓްމަންޓެއް މިހާރު އުފައްދާފައިވާ ކަމަށެވެ.  

އާދަމް ޢާޒިމް ވިދާޅުވީ ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއިއެކު ފެންބިލް ޕްރިންޓްކޮށްގެން ބެހުން ހުއްޓާލައި އޮންލައިންކޮށް ބިލް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި ނަމަވެސް މި ޚިދުމަތް ފުރިހަމަކުރާނީ އެއްވެސް ކަސްޓަމަރަކަށް ދަތި ނުވާނެ ގޮތަށް މަރުޙަލާތަކަކަށް ބަހާލައިގެން ކަމަށެވެ. "މިހާރުވެސް ކުންފުނީގެ ޚިދުމަތް 24 ގަޑިއިރު ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމް ވާނީ ހަމަޖައްސައިދީފަ. ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން. ޤަވާއިދުން ފެން ބިލް ދައްކައިދިނުން ވަރަށް ބޮޑަށް އެދެން." 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް