އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ޖޭއެސްސީއަށް ބަދަލު ގެނެސްގެން ޝަރުޢީ ނިޒާމް އިޞްލާޙެއް ނުކުރެވޭނެ: ރައީސް ނަޝީދު

ހަމައެކަނި ޖޭއެސްސީއަށް ބަދަލު ގެނެސްގެން ޝަރުޢީ ނިޒާމް އިޞްލާޙެއް ނުކުރެވޭނެ: ރައީސް ނަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ޤާނޫނު އަސާސީގައި ހަމައެކަނި ޖޭއެސްސީއަށް ބަދަލު ބަދަލު ގެނެސްގެން ރާއްޖޭގެ ޝަރުޢީ ނިޒާމް އިޞްލާޙް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި ނަމަވެސް އެބަދަލު ގެންނަން ޖެހޭނީ ފުރިހަމައަށް މަޝްވަރާ ކުރެވިގެން ކަމަށެވެ. އަދި އެންމެ ފައިދާހުރި ގޮތް އޮޅުންފިލުވައިގެން ކަމަށެވެ.  

ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި ފަނޑިޔާރުން މާގިނަ ކަމަށް އަދި ސިޔާސީ މީހުން މާ ގިނަ ކަމަށްވެސް ބެލެވޭ ކަމަށާއި އެހެންކަމުން ހައްލަކީ ކޮބައިކަން ދެނެގަތުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުގެތަކަށް ގޭންގުތަކާއި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނުފޫޒު އެބައޮތްކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވައިފައެވެ. "އަޅުގަނޑުމެން ބޭނުންވަނީ ފަނޑިޔާރުގެތައް ހުރިހާ ނުފޫޒުތަކުން ސަލާމަތްކޮށް މިނިވަން ކުރަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރާނަން."  

ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށާއި ނަމަވެސް އެކަން ކުރައްވާނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އޮތުމުން އެމްޑީޕީން ބޭނުންވާ ގޮތަށް އެކަނި ނޫން ކަމަށާއި ފުޅައުދާއިރާއެއްގައި މަޝްވްރާ ކުރައްވައިގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް