އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލުތުފީ އެމްބަސީއާއި ހަވާލުވި ތާރީޚާއިމެދު ރައީސް ނަޝީދާއި ފުލުހުންގެ ބަސް ތަފާތުވެއްޖެ!

ލުތުފީ އެމްބަސީއާއި ހަވާލުވި ތާރީޚާއިމެދު ރައީސް ނަޝީދާއި ފުލުހުންގެ ބަސް ތަފާތުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ސަބަބުން ހައްޔަރުކުރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ހަވާލުވި ތާރީޚާއިމެދު އޮޅުންތަކެއް އުފެދިއްޖެއެވެ. އެގޮތުން 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޛް ކުރަމުންދިޔަ ލުތުފީ، 2010 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، ފިލައިގެން އުޅުމަށްފަހު ޝްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި އަމިއްލައަށް ހަވާލުވީ މިއަހަރުގެ 1 މެއި ގައި ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ. އަދި އެކަމާއި ގުޅިގެން ފުރަތަމަ ނެރުނު ބަޔާނުގައިވެސް ފުލުހުން ބުނެފައިވަނީ 1 މެއިގައި ކަމަށެވެ. 

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ލުތުފީ ރާއްޖޭގެ އެމްބަސީއަށް ގޮސް އަމާންދީފައިވަނީ ލަންކާގެ 9 ތަނެއްގައި ބޮން ގޮއްވުމުގެ އެއް ދުވަސް ކުރިން ކަމަށެވެ. ބޮން ގޮއްވީ 21 އޭޕްރިލްގައެވެ. އެހެންކަމުން އެއިގެ 1 ދުވަސް ކުރިއަށް ވާނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހެވެ. ދެ ތަރީޚޫގައި 11 ދުވަހުގެ ތަފާތެއް ވެއެވެ. 

"އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ އެނގެންޖެހޭ ޝްރީ ލަންކާއަކީ ޔޫއެން ގެ އެތައް އެތައް ޗާޓަރެއްގަ ސޮއި ކޮށްފައިވާ ޤައުމެއް. އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތް ގޮތުގަ އަބްދުﷲ ލުތުފީ އަމިއްލަފުޅަށް ވަޑައިގެން ސަރެންޑަރ ކުރެއްވީ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނަށް. އެއީ ކޮންމެ ދިވެއްސަކަށް ވެސް ކުރެވޭނެ ކަމެއް. އޭގެ އަނެއް ދުވަހު ސިލޯނުގައި ނުވަތަނުގައި ބޮން ގޮއްވި" ބާޣީ ލުތުފީ އަމާންދިނުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. 

ބޭސްފަރުވާއަށް ކަމަށް ބުނެ، ރާއްޖެއިން ބޭރަށް ފޮނުވުމުން ބާޣީ ލުތުފީ ފިލާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އޭނާ ފިލައިގެން އުޅުމަށްފަހު، ރާއްޖޭގެ އެމްބަސީގައި އަމާންދީފައި ހުރިކަން އާންމުންނަށް ހާމަވެފައިމިވަނީ މިމަސްތެރޭގައެވެ. 

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށް، ދިވެހިންގެ ބަޔަކު ރަހީނުކޮށް ދިވެހި ޤައުމަށް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދިނުމުގެ އިސް މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެގެންނާނެކަމުގެ ފުރިހަަމަ ޔަޤީންކަން އެބައޮތްކަމަށް ވެސް މިއަދުގެ ނޫސް ކޮންފެރެންސްގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. 

ރައީސް ނަޝީދުގެ ވާހަކަފުޅު (އޯޑިއޯ):

ފުލުހުންގެ ބަޔާން:

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ