އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދުބާއީގެ ޝައިޚް މުޙައްމަދުގެ އިންޒާރު ސަރުކާރު މުވައްޒިފުންނަށް! "ޚިދުމަތް ދިނުމުގަ ދުނިޔޭގެ 1 ވަނަ ނުހޯދޭނެ ނަމަ އިސްތިޢްފާ ދީ!"

ދުބާއީގެ ޝައިޚް މުޙައްމަދުގެ އިންޒާރު ސަރުކާރު މުވައްޒިފުންނަށް! "ޚިދުމަތް ދިނުމުގަ ދުނިޔޭގެ 1 ވަނަ ނުހޯދޭނެ ނަމަ އިސްތިޢްފާ ދީ!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ދުބާއީގެ ރުލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަޚްޠޫމް އެ ޤައުމުގެ ސިވިލްސަރވަންޓުންނަށް ނުވަތަ ސަރުކާރު މުވައްޒިފުންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އެ އިންޒާރުގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދުނިޔޭގެ 1 ވަނަ ނުހޯދޭނެ ނަމަ، ނުވަތަ އެފެންވަރަށް މަސައްކަތް ނުކުރެވޭނެ ނަމަ އިސްތިޢްފާ ދިނުމަށެވެ. 

"ރައްޔުތުންނަށް ޚިދުމަތްދޭ 600 މުއައްސަސާ އެބަހުރި މުއައްސަސާތައް މިގެންދަނީ އިވެލުއޭޓް ކުރަމުން. ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި އެންމެ ޚިދުމަތް ރަނގަޅު 5 މުއައްސަސާ އާއި އެންމެ ދަށުފެންވަރުގައި ޚިދުމަތް ދެވޭ 5 މުއައްސަސާ ހޮވައި އިއުލާނުކުރާނަން! އަހަރެންގެ މެސެޖަކީ ހުރިހާ މުއައްސަސާތައް ވެސް ހުންނަން ޖެހޭނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައޭ. ދުނިޔޭގެ އެންމެ މަތީފެންވަރުގައި ޚިދުމަތްވެސް ދެވެން ޖެހޭނެއޭ!" 

ޝައިޚް މުޙައްމަދު ބިން ރާޝިދު ގެންދަވަނީ ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި ދުބާއީ އަކީ ދުނިޔޭގެ އެއްވަނަ ޤައުމަށް ހެއްދެވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

އަންނަ އަހަރު ދުބާއީގައި ބާއްވާ އެކްސްޕޯ 2020 އަށް ތައްޔާރުވުމަށްވެސް މިހާރު ގެންދަނީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ސަރުކާރުގެ 10000 އޮފިޝަލުންނާއި ބައިނަލްއަޤްވާމީ 30 ޖަމިއްޔާއަކުން ގެންދަނީ ތައްޔާރީގެ މަސައްކަތްތައް ކުރަމުންނެވެ.

 

 

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
14%
ރަނގަޅު
57%
އޯކޭ
7%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް