އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑާކްރެއިންގެ ފޮނިފޮނި "މާމުއި" މިރޭ ޕްރިމިއަރ ކޮށްފި

ޑާކްރެއިންގެ ފޮނިފޮނި "މާމުއި" މިރޭ ޕްރިމިއަރ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ކާމިޔާބު އެތައް ފިލްމުތަކެއް އުފައްދާފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "މާމުއި" މިރޭ އޮލިމްޕަހުގައި ޕްރިމިއާރ ކޮށްފިއެވެ. 

ހުނަރުވެރި ގިނަ ތަރިންތަކެއް ހިމަނައިގެން އުފެއްދި މިފިލްމަކީ ޑާކްރެއިންގެ 13 ވަނަ ފީޗަރ ފިލްމެވެ. އަދި ހަމައެއާއެކު މިއީ މިހާތަނަށް ޑާކްރެއިނުން އުފެއްދި އެންމެ އަގުބޮޑު ފިލްމުވެސް މެއެވެ. 

ފިލްމުގެ ވާހަކަ ދެކެވެން ފެށި ދުވަހުން ފެށިގެންވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "މާމުއި" މިފިލްމުގައި ހަރަކާތްތެރިވެފައިވަނީ މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ނުޒުޙަތު ޝުއައިބު (ނުޒޫ)، މަރިއްޔާ، އަހުމަދު ސުނީ، ހަމްދާން ފާރޫޤް، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަހުމަދު އަމާން، އަހުމަދު ޝާކިރު، ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިޔާ ތްރެސާ، އަދި އަލީ ޝަޒްލީމް ގެ އިތުުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ އެވެ. މީގެ އިތުރުން 90 ގެ އަހަރުތަކުގެ ގިނަ ފިލްމުތަކަކުން ބެލުންތެރިންގެ ހިތްތަކުގައި ޖާގަ ހޯދާފައިވާ އިސްމާއިލް ވަޖީހު ވެސް މިފިލްމުން ފެނިގެންދާނެއެވެ.

ތަފާތު ނަމެއް ދީފައިވާ މިފިލްމު ޝޫޓްކޮށްފައިވާ ލޮކޭޝަންތައް ވެސް ވަރަށް ތަފާތެވެ. އެގޮތުން ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މުޙައްމަދު އަލީ (މޮގާ) ބުނެފައިވާ ގޮތުގައި "މާމުއި" ގެ ބައެއް މަންޒަރުތައް ޔޮޓެއްގައި ނަގާފައިވާއިރު، ޖެޓެއްގަ ވެސް މަންޒަރެއް ޝޫޓްކޮށްފައިވެއެވެ.

މިފިލްމަކީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލްގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ ކޮމެޑީ ފިލްމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު