އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އާތިފުގެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވައިފި

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އާތިފުގެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މޯލްޑިވްސް މާކެޓީން އެންޑް ޕަބްލިކް ރިލޭޝަންސް ( އެމްއެމްޕީއާރުސީ)ގެ ފައިސާއަށ ހިޔާނާތްތެރިވި އެ ފައިސާ އެސްއޯއެފްގެ އެކައުންޓަތަކަށް ޖަމާކޮށް ހިންގި މަނީ ލޯންޑަރިން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާ މައްސަލާގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އާތިފް ޝަކޫރުގެ މައްޗަށް ދައުވާކުރުމަށް އެސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ވަކި އެކައުންޓްތަކަކަށް ޖަމާކުރި މައްސަލަ ތަހުޤީޤުކުރުމަށްފަހު އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުޢާމަލާތްތަކަކީ މަނީ ލޯންޑަރިންގ ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފް.އައި.ޔޫގެ ވެރިޔާއަށް އެނގޭކަމަށެވެ.

އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމާ ފައިލްކުރިއިރު އެއީ ތަހުޤީޤު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގޭކަމަށް އެފް.އައި.ޔޫގެ އޭރުގެ ވެރިޔާ އާތިފް ޝަކޫރު އިއުތިރާފްވެފައިވާކަމަށާއި ، އޭނާގެ އެ ޢަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން ތަހުޤީޤަށް ފާހަގަ ކުރެވިފައިވާކަމަށްވެސް އެސީސީގެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން، އެފް.އައި.ޔޫގެ އާތިފްގެ ޖީމެއިލް އެކައުންޓުން އޭރުގެ ޤަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުވާފައިވާކަން ތަހުޤީޤަށް ފާހަގަކުރެވުނު ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް ޢަމަލު ކުރަން އެފް.އައި.ޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް މިހާތަނަށް ކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިނުވާކަންވެސް އެސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ