އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގެ ހުރިހާ މަޝްރޫއުތައް ފުރިހަމަވީމަ ދައްކަން ޖެހޭނީ 1.529 މިލއަން ޑޮލަރު! 4.2 ބިލިއަން ޑޮލަރެއް ނޫން!: ޗައިނާ ސަފީރު

ޗައިނާގެ ހުރިހާ މަޝްރޫއުތައް ފުރިހަމަވީމަ ދައްކަން ޖެހޭނީ 1.529 މިލއަން ޑޮލަރު! 4.2 ބިލިއަން ޑޮލަރެއް ނޫން!: ޗައިނާ ސަފީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ޗައިނާގެ ލޯނު އެހީގެދަށުން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫޢުތަކެއް ނިމުމުން ޗައިނާއަށް ދައްކަން ޖެހޭނީ ޖުމުލަ 1.529 މިލިއަން ޑޮލަރު ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލީޒޯންގ ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދަ ބަސްފުޅެއް ވިދާޅުވީ ރާއްޖެއަށް ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 4.2 ބިލިއަނަށްވުރެ ގިނަކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. 

އެމްއެމްއޭ އިން ޢާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިއރު މިއަހަރުގެ ފުރަތަމަ ކްއާޓަރުގެ ނިޔަލަށް ރާއްޖެއިން މުޅި ޖުމުލަ ލޯނު ނަގާފައިވާ އަދަދަކީ 3.21 ބިލިއަން ޑޮލަރު ކަމަށް ބަޔާން ކުރައްވައި ރައީސް ނަޝީދު ވިދާޅުވާ 4.2 ބިލިއަން ޑޮލަރަކީ ކޮން ގޮތަކުން ހޯއްދެވި އަދަދެއް ކަމާއިމެދުވެސް ޗައިނާ ސަފީރު ވަނީ ސުވާލު އުފައްދަވައިފައެވެ. 

ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ނަގާފައިވާ ކޮންސެޝަނަލް ލޯންތަކުގެ އަދަދަކީ 872 މިލިއަން ޑޮލަރު ކަމަށެވެ. އަދި ޕްރިފަރެންޝަލް ލޯނުގެ އަދަދަކީ 657 މިލިއަން ޑޮލަރު ކަމަށާއި ޖުމުލަ އަދަދަކީ 1529 މިލިއަން (1.529 ބިލިއަން) ޑޮލަރު ކަމަށެވެ. އަދި އެކަމުގެ ތަފްޞީލްތައްވެސް ވަނީ ޢާންމުކުރައްވައިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް