އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަކުލު ހުޅު ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ އޮޕަރޭޝަން ކުރި ބަލިމީހާގެ ހާލު، ނައިބު ރައީސް ބައްލަވައިލައްވައިފި

ކަކުލު ހުޅު ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ އޮޕަރޭޝަން ކުރި ބަލިމީހާގެ ހާލު، ނައިބު ރައީސް ބައްލަވައިލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ސަރުކާރުން ކުރިއަށްގެންދާ ”ޓޯޓަލް ނީ ރިޕްލޭސްމަންޓް ސަރޖަރީ“ (ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން) މަޝްރޫޢުގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ހުޅު ބަދަލުކުރި ބަލިމީހާގެ ހާލު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް މިއަދު ބައްލަވައި ލައްވައިފިއެވެ. . 

ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި މި ކާމިޔާބު އޮޕަރޭޝަންގައި ހުޅު ބަދަލުކުރި ބަލިމީގެ ހާލުބައްލަވައި ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކުރެއްވި ޒިޔާރަތުގައި ބަލިމީހާއަށް ހެޔޮ ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމާއި ބައްދަލުކުރައްވައި އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ. 

”ޓޯޓަލް ނީ ރިޕްލޭސްމަންޓް ސަރޖަރީ“ (ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން) މަޝްރޫޢަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތް އަވަސްކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން، އާސަންދަ އާއި އައި.ޖީ.އެމް.އެޗްގެ ފަރާތުން މެޑިކާ އަދި ޓްރީޓޮޕް ހޮސްޕިޓަލާއި އެކު ކޮންޓްރެކްޓް އުޞޫލުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. 

ޓްރީޓޮޕް ހޮސްޕިޓަލާއި އާސަންދަ ޕްރައިވެޓް ލިމިޓެޑާއިއެކު މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ 26 ޖޫން 2019 ގައެވެ. އަދި މެޑިކާ ހޮސްޕިޓަލާއި އާސަންދަ ޕްރައިވެޓް ލިމިޓެޑާއި ދެމެދު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ 27 ޖޫން 2019 ގައެވެ. 

ޞީއްޙީ ދާއިރާއިން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް މިއަދު މި ފެށި އާ މަޝްރޫޢުގެ ދަށުން މެޑިކާ ހޮސްޕިޓަލުންވެސް ކަކުލު ހުޅު ބަދަލުކުރުމުގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު