އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންޓްރޯލަރ އަށް! ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމުން ދެން މަގުމަތިން ނުފެންނާނެ ކަމުގެ ޔަޤީންކަން ދެއްވާ!

ކޮންޓްރޯލަރ އަށް! ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމުން ދެން މަގުމަތިން ނުފެންނާނެ ކަމުގެ ޔަޤީންކަން ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

އިމިގްރޭޝަންގެ ކޮންޓްރޯލަރ ހަނަފީއެވެ! އަޅުގަނޑު ވަރަށް ފަސޭހަކަމާއެކު ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓްކޮށްފާނަމެވެ! ރިޕޯޓް ކުރުމުން ދެން މަގުމަތިން ނުފެންނާނެ ކަމުގެ ޔަޤީންކަން ދެއްވާށެވެ! އަޅުގަނޑު މަސައްކަތު ގަޑީގެ ދެބައިކުޅަ އެއްބައި ހޭދަކުރާނީ އެކަމުގައެވެ. 

މިހާރު އަދާކުރާ ވަޒީފާ ވެސް މުހިންމެއް ނޫނެވެ. ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އެންމެ މުހިންމު ވާޖިބަކަށް މިއަދު ވާން ޖެހޭނީ ދިވެހިރާއްޖެއަށް ޤާނޫނާއި ޚިލާފަށް ވެރިވެގަނެގެން މިއުޅޭ މީހުންގެ ކިބައިން ރާއްޖެ ސަލާމަތްކުރުމެވެ! 

ދިވެހި ޤައުމުގައި ޤަވާއިދާއި ޚިލާފަށް ތިބި ބަނަގާޅީންގެ ބާރު ސަރުކާރަށްވުރެ މާގަދަވެއްޖެއެވެ. އެކަމުގެ ހެއްކަކީ މަޖީދީމަގުގައި ސޭލް އަޅުވައިގެން ބަންގާޅީން ތިބުން ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ކުޅުނު ޑްރާމާއަށްފަހު ސޭލްއަޅުވައިގެން ތިބޭ މީހުންގެ އަދަދު ގިނަވިކަމެވެ. ދިމާއަށް އެ ބުނަނީ ތިއަހެން ކުޅޭ ޑްރާމާއަކަށް އަހަރެމެންނެއް ނުސިހޭނެ ކަމަށެވެ. އަހަރެމެން އެތެރެވެ މިތިބީ  އިމިގްރޭޝަނަށް ރިޝްވަތު ދީގެން ކަމަށާއި އަހަރެމެން ދެން ރާއްޖެއިން ނުބޭލޭނެ ކަމަށެވެ. މިހާރު ސޭލް އަޅުވައިގެން ތިބޭ އިތުރު މަރުކަޒެއްވެސް އުފެދިއްޖެއެވެ. އެއީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދެވެ. 

އަޅުގަނޑުމެން މިތިބީ ރިޕޯޓްކުރަން އެކަންޏެއް ނޫނެވެ. މިމީސް މީހުން އަތުލައިގަތުމަށްފަހު ގުޅާނެ ނަމްބަރެއް ދެއްވާށެވެ! ބަލައި އަންނަންދެން އެމީހުންނާއި އެކު އަޅުގަނޑުމެން މަޑުކުރާނަމެވެ. މިކަން މިގޮތަށް ނުކޮށް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މިތިބަ ދޮޅު ލައްކަ ބަންގާޅީންގެ ކިބައިން މި ޤައުމު ދެން ސަލާމަތެއް ނުކުރެވޭނެއެވެ. 

އެމީހުން ހުސްކުރުމަކީ މިސަރުކާރަކުންވެސް ކުރާނެ ކަމެއް ނޫނެވެ. ކުރީ ސަރުކާރުތައް ފަދައިން ދައްކާނީ ހަމަ ކޮންމެވެސް މޮޅުބަހަނާއެކެވެ. އިއްޒަތްތެރި ކޮންޓްރޯލަރއެވެ.! ރާއްޖޭގައި ޤަވާއިދާއި ކިޅާފަށް ދޮޅު ލައްކަ ބިދޭސީން ތިއަ ގެންގުޅުއްވަނީ ކޮން ޤާނޫނަކުން ހުއްދަ ލިބިވަޑައިގަންނަވާތީތޯއެވެ؟ ޤާނޫނަކީ ހަމނައެކަނި ދިވެހިންގެ މައްޗަށް ހިންގަން އޮތް އެއްޗަކީތޯއެވެ! 

އިއްޒަތްތެރި ކޮންޓްރޯލަރއެވެ! މިއީ ދޭ އިންޒާރެއް ނޫނެވެ! މުވައްޒިފުން މަދުވުމުގެ ސަބަބުން ނަމަވެސް މަނިކުފާނަށް މަނިކުފާނުގެ ވާޖިބު އަދާ ނުކުރެއްވޭތީ އެކަމުގައި މަނިކުފާނަށް އެހީތެރިވެދީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އަދި އެމީހުން ލައްވައި މަސައްކަތް ކުރުވާ މީހުން ވެސް ހޯދައިގެން މަނިކުފާނާއި ހަމައަށް ގެންގޮސްދޭން ވަރަށް އަވަހަށް އަޅުގަނޑުމެން ހަރަކާތެއް ފަށަން ޤަޞްދު ކުރަމެވެ. އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ހީކުރަމެވެ! 

މަނިކުފާނު ތިއަ ކުރައްވާ ޓްވީޓުތަކުން ހީވަނީ މަނިކުފާނަށް ބައަކު ކަންކަން ރިޕޯޓް ނުކުރަނީ ކަމެވެ. ނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ ރިޕޯޓް ކުރިނަމަވެސް ކުރެވޭ އެއްކަމެއް ނެތި ބަންގާޅީންގެ ބާރު ގަދަވަމުން އަންނަތަނެވެ. ކޮންމެ ނަމެއް ކިޔާ ބޭފުޅުކު ވެރިކަން ކުރެއްވި ނަމަވެސް އެއީ މައްސަލަ އެއް ނޫނެވެ. ރާއްޖޭގެ ޤާނޫނު އަސާސީން އެއްބައަށް އަމަލުކުރެއްވީމާ އަޅުގަނޑުމެންގެ ޙައްޤުތައް ކޮބައިތޯއެވެ! އަޅުގަނޑުމެންގެ ލޮބުވެތި މި ދިވެހި ޤައުމު އަޅުގަނޑުމެންގެ އަތުން ބީވެގެންދާތަން ބައި ހޭން ހަމަ އަޅުގަނޑުމެން ތިބެންވީތޯއެވެ!

(މިއީ ޒުވާނުންކޮޅެއް ހިމެނޭ ޓީމަކުން މިއަދުނޫހާއި ހިއްޞާކުރި ޝުޢޫރުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް