އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚިދުމަތް ހުއްޓާލާފައި ތިބި ބްރޯޑްކާސްޓަރުން ޚިދުމަތް އަލުން ނުފަށައިފިނަމަ ލައިސަންސް ބާތިލްކުރަން ހުށަހަޅަނީ!

ޚިދުމަތް ހުއްޓާލާފައި ތިބި ބްރޯޑްކާސްޓަރުން ޚިދުމަތް އަލުން ނުފަށައިފިނަމަ ލައިސަންސް ބާތިލްކުރަން ހުށަހަޅަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ބްރޯޑްކާސްޓްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޚިދުމަތް ހުއްޓާލާފައި ތިބި ފަރާތްތަކުން، ބްރޯޑްކާސްޓްކުރުމުގެ ޤަވައިދުގެ 25 ވަނަ މާއްދާގައި ވާގޮތުގެ މަތީން އަލުން ޚިދުމަތް ނުފަށައިފިނަމަ އެ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމަށްފަހު ލައިސަންސް ބާތިލްކުރުމަށް ކޯޓަށް ހުށަހެޅޭނެކަން އެ ފަރާތްތަކަށް ކޮމިޝަނުން އަންގައިފިއެވެ. 

ގަވާއިދު ނަންބަރު 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަށް ޢަމަލުކުރަން ފެށި ތާރީޚަކީ، 29 ޖަނަވަރީ 2019 ކަމުގައިވާތީ، މި ޤަވައިދުގައި ބަޔާންކޮށްފައިވާ 180 (އެއް ސަތޭކަ އަށްޑިހަ) ދުވަސް ހަމަވާ ތާރީޚަކީ 28 ޖުލައި 2019 ކަމުގައި ކޮމިޝަނުން އެ ފަރާތްތަކަށް ހަނދާންކޮށްދިނުމަށްފަހު، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން 28 ޖުލައި 2019 ގެ ކުރިން އަލުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ ނުވަތަ އެކަން ކޮމިޝަނަށް އަންގާފައިނުވާނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށްފަހު، ބްރޯޑްކާސްޓްކުރމުގެ ޤަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅޭނެ ވާހަކަ ވެސް އެ ފަރާތްތަކަށް ކޮމިޝަނުން ވަނީ އަންގައިފައެވެ.  

އެކޮމިޝަނުން ބުނަނީ މި ގޮތުން މިހާރު ޚިދުމަތް ހުއްޓާލާފައިވާ 16 ޓީވީ އަދި 6 ރޭޑިއޯ ޗެނެލެއްގެ ވެރިފަރާތްތަކަށް ވަކި ވަކީން ފޮނުވި ސިޓީގައި، 2012 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ދިއަ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު އިސްލާހުކުރުމަށްފަހު، ގަވާއިދު ނަންބަރު
2019/R-154
(ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަށް ޢަމަލުކުރަން ފަށާފައިވަނީ 29 ޖަނަވަރީ 2019 ގައިކަމަށާއި އަދި މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) ގައި “ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގެ ލައިސަންސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އެ ޚިދުމަތެއް ހުއްޓައިލާނަމަ، އެ ހުއްޓައިލާ ޗެނަލުގެ މަޢުލޫމާތާއެކު ސަބަބު ބަޔާންކޮށް އަދި ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ފަށާނަމަ، އެކަމުގެ މަޢުލޫމާތު މަދުވެގެން 15 (ފަނަރަ) ދުވަހުގެކުރިން ކޮމިޝަނަށް އެކަން އަންގަންވާނެކަމާއި އަދި ހަމަ އެ މުއްދަތުގެ ތެރޭގައި އެކަން އާންމުކޮށް އިޢުލާނުކުރަންވާނެކަމާއި އަދި އެއީ ޚިދުމަތް ލިބިގަންނަ ފަރާތް އެނގޭގޮތަށް ދެވޭ ޚިދުމަތެއްނަމަ، ސީދާ އެފަރާތްތަކަށް އެކަން އެ މުއްދަތުގައި އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

މި ފަދައިން ޚިދުމަތް ހުއްޓާލާފައި ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 180 (އެއްސަތޭކަ އަށްޑިހަ) ދުވަސް ކަމާއި، ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ނުފަށާނެކަމަށް ކޮމިޝަނަށް އަންގައިފިނަމަ، ނުވަތަ ޚިދުމަތް ހުއްޓައިލުމަށްފަހު، އެހެން ޚިދުމަތެއް ނުފަށާ 180 (އެއް ސަތޭކަ އަށްޑިހަ) ދުވަސް ވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހު، ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅޭނެކަމަށް ވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް