އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ﷲ އެންމެ ކޯފާވެވޮޑިގަންނަވާ މީހުންގެ ތެރޭގައި ނުވެވޭނީ ކިހިނެއް؟: މުފްތީ މެންކް

ﷲ އެންމެ ކޯފާވެވޮޑިގަންނަވާ މީހުންގެ ތެރޭގައި ނުވެވޭނީ ކިހިނެއް؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު

ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ މީހަކީ ކާކުކަމާއިމެދު ވިސްނަމު ހެއްޔެވެ؟ ވިސްނާ ބައަކުވެސް ތިބޭނެއެވެ. ނަމަވެސް ގިނައީ ނުވިސްނާ މީހުންކަމަށް ބުނަން ޖެހޭކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. ނަމަވެސް މިއީ ކަން އޮތް ގޮތެވެ. ޙަޤީޤަތެވެ! 

ﷲ ތަޢާލާ އެންމެ ބޮޑަށް ނުރުއްސަވާ މީހުންނަކީ އިސްލާމް ދީނުގެ ޙަޤީޤަތް އެނގި ތިބެމެ އިސްލާމް ދީނަށް އަމަލުނުކުރާ މީހުންނެވެ. ކީރިތި ޤްރްއާން ބާވައި ލެއްވެވީ ﷲ ތަޢާލާކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އަހަރެމެން ޤަބޫލުކޮށް އަމަލުކުރަން ޖެހޭ ކަންތައްތައް ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވާފައިވާކަންވެސް އެބަ އެނގެއެވެ. 

މީސްތަކުންނޭވެ! އިބިލީހަށް ﷲ ތަޢާލާ ލައްނަތް ލެއްވެވީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ ކަމެއް އެނގިހުރެމެ ބޮޑާވެގަތުމުންނެވެ. ﷲ ތަޢާލާ ހުރިހާ ނިޢްމަތްތަކެއް މިންވަރުފުޅު ކުރެއްވެވުމުންވެސް ޝުކުރުވެރި ނުވުމުންނެވެ. 

އަހަރެމެންނަށްވެސް ﷲ ތަޢާލާ މިވަނީ ވަރަށް ގިނަ ނިޢްމަތްތައް ދެއްވަވައިފައެވެ. ރަނގަޅު ޞިއްޙަތެވެ. ރިޒުޤެވެ. ދެންވެސް އެމީހަކަށް ދިރިއުޅެވޭނެ ގޮތްތަކެވެ. ކަންފަތަށް އަޑުއިވުމެވެ. ލޮލަސް ފެނުމެވެ. ވިސްނައި ފިކުރުކުރުމުގެ ބާރު ސިކުނޑިއަށެވެ. މިހެން ގޮސް އިންސާނާއަށް ބޭނުންވާނެ ނިޢްމަތްތައް ދެއްވެވުމުން ޝުކުރުވެރި ނުވީމާ އެދެވެނީ އިބިލީހުގެ ދަރަޖައަށް ނޫން ހެއްޔެވެ؟ އިސްލާމް ދީނުގެ މަތިވެރިކަން އެނގުމުން ވެސް ކިޔަމަންތެރިނުވެ ޢަމަލު ނުކުރުމުން އެ ދަނީ އިބިލީހުގެ ދަރަޖައަށެވެ. 

މި މިސްކިތުގައި އަހަރެމެން އެންމެން ތިއްބައި މިހާރުވެސް ސިންގާއެއްގެ އަޑު އިވިބަލާށެވެ! ހަމައެކަކުވެސް ބޭރަކަށް ނުނުކުންނާނެއެވެ! ކީއްވެގެން ހެއްޔެވެ؟ ބިރުންނެވެ. ނުބައި ނުލަފާ މީހެއްގެ ކަންކަން އެނގިބަލާށެވެ! އެމީހަކު ދެކެ ބިރުގަނެއެވެ. ނަމަވެސް އެ ސިންގާ އާއި އެ މީހާ އާއި މި ދުނިޔެއާއި އަދި އެންމެހައި މަޚްލޫޤުން އުފެއްދެވި ﷲ ތަޢާލާ އަށް ބިރުވެތި ނުވެވޭނަމަ އަހަރެމެންނަށް ވިސްނައި ފިކުރުކުރަން ﷲ ތަޢާލާ ދެއްވެވި ސިކުނޑީގެ ބޭނުން އެބަ ކުރެވޭ ހެއްޔެވެ؟ 

މީސްތަކުންނޭވެ! މުސްލިމުންނަށް ﷲ ތަޢާލާ މިވަނީ ވަރަށް ބޮޑު ނިޢްމަތެއް ދެއްވަވައިފައެވެ. އެއީ ޙައްޤާއި ބާޠިލު ވަކިކުރަން އެނގުމެވެ. ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ކޮންމެ އަކުރަކީވެސް ﷲ ތަޢާލާގެ ވަޙީކަން އެނގުމެވެ. ވީމާ އެ ނިޢްމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ﷲ ތަޢާލާ އެންމެ ކޯފާވެވޮޑިގަންނަވާ މީހުންގެ ތެރޭގައި ނުހިމެނޭށެވެ! 

ﷲ ތަޢާލާ އަހަރެމްނެގެ ކިބައިން 24 މިނިޓް، ނަމާދަށް ހޭދަކުރަން އަނގަވާފައި އެވަނީ 24 ގަޑިއިރު އަހަރެމެންނަށް ދެއްވެވުމަށްފަހުގައެވެ. ވީއިރު ބަންގި ގޮވުމުން ނަމާދަށް ކަންނެތްވާން ހެޔޮވެދާނެ ހެއްޔެވެ؟ ފަތިސް ނަމާދުކުރަން ފަތިހު ހޭލަން އަނގަވާފައި އެވަނީ ރޭގަނޑުގެ ހަތަރުދަން، އުފާކުރުމަށްޓަކައި އަހަރެމެންނަށް ދެއްވަވާފައެވެ. ވީމާ ފަތިސް ނަމާދަށް ނުހޭލައި ނިދާފައި އޮންނަން ބިރުވެތިވާށެވެ! 

 ﷲ ތަޢާލާ ސުވަރުގެ އިން އިބިލީސް ބޭރުކޮށްލައްވަވައި ލައްނަތް ލެއްވެވީ އޭނާގެ ނުކިޔަމަންތެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމުން ނޫން ހެއްޔެވެ؟ ވީމާ އަހަރެމެންގެ ކިބައިން އެފަދަ އަމަލުތައް ކުރެވޭނަމަ ހަމަ އަހަރެމެންނަށް ވެސް އެފަދަ ގޮތްތައް ދާނީ މެދުވެރިވަމުންނެވެ!

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


38%
ވ.ރަނގަޅު
8%
ރަނގަޅު
29%
އޯކޭ
23%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް