އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުޅާދޫ ސްކޫލްގެ ދަރިވަރުންނަށް ގޮތްތަކެއް ވަމުން އަންނަތާ އަހަރުތަކެއްވެއްޖެ! އެމައްސަލަ ބަލަން އެޑިއުކޭޝަންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރި ވަނީ!

ތުޅާދޫ ސްކޫލްގެ ދަރިވަރުންނަށް ގޮތްތަކެއް ވަމުން އަންނަތާ އަހަރުތަކެއްވެއްޖެ! އެމައްސަލަ ބަލަން އެޑިއުކޭޝަންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރި ވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 0 ސިކުންތު

ބ. ތުޅާދޫ ސްކޫލްގެ ދަރިވަރުންތަކަކަށް އާދަޔާ ޚިލާފު ގޮތްތަކެއްވެ، ބައެއް ދަރިވަރުން ހެނެތިގެން ވެއްޓޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. އެނގިފައިވާ ގޮތުގައި ބައެއް ބަލެނިވެރިންވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށް، މިދިޔަ ބުރާސްފަތި ދުވަހު ނިކުމެ، އެސްކޫލް ބަންދުވެސް ކޮށްފައެވެ.

 

ތުޅާދޫގެ ބައެއް ބެލެނިވެރިން ބުނެފައިވާ ގޮތުގައި މިހާދިސާއަކީ ސްކޫލްގައި އިން ނިކަގަހެއްގެ ސަބަބުން ދަރިވަރުންނަށް ޖެހެމުން އަންނަ ކަމެކެވެ. އަދި އެއީ "ސިހުރު ހަދާފަ" ހުރި ގަހެއްކަމުގައި ވެސް ބައެއް ބެލެނިވެރިން ބުނެފައިވާއިރު، އަނެއް ބަޔަކު ބުނެފައިވަނީ އެއީ ސިހުރުގެ ކަމެއް ނޫން ކަމަށާއި އެގަހަކީ ނާމާން ގަހަކަށްވުމުން، ވަމުން އަންނަ ގޮތްތަކެއް ކަމަށެވެ.

 

މިކަމާއި ބެހޭގޮތުން ބ.ތުޅާދޫ ކައުންސިލާރ މުޙައްމަދު ތައުރީފް "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ނިކަގަސް ކަނޑާލުމަށް މީގެ ހަފްތާއެއް ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ބައެއް ބެލެނިވެރިން ސްކޫލްގައި އެދިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ޕެޓިޝަނެއް ހުށަހެޅި ކަމަށް ވެސް ތައުރީފް ވިދާޅުވިއެވެ.

 

"މިއީ ވަރަށް ކުރިއްސުރެވެސް ވަމުން އަންނަ ކަމެއް އަސްލުގަ. މިހާރު އެގޮތަށް ސްކޫލްގެ ބައެއް ދަރިވަރުންނަށް ގޮތްތަކެއް ވަމުން އަންނަތާ 20 އަކަށް އަހަރު ވެދާނެ. ކުދިންތަކެއް ހަމަ ބޮލަށް އެނބުރުން އަރައިގެން ވެއްޓެނީ. ގިނައިން މިހާދިސާ ދިމާވަނީ އަންހެން ދަރިވަރުންނަށް" ކައުންސިލަރ ވިދާޅުވެފައިވެއެވެ.

 

މީގެއިތުރުން ތައުރީފް ވިދާޅުވީ މިމައްސަލަ ދިމާވަމުން އަންނަނީ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކަމަށާއި އޭގެތެރޭގައި ގްރޭޑް 7،8،9 އަދި 10 ވެސް ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން ބޮލަށް އެނބުރުން އަރައިގެން ވެއްޓޭ 12 ވަރަކަށް ކުދިން ތިބި ކަމަށާއި އެފަދަ ކަމެއް ނުވެތިބީ މަދު ދަރިވަރަކަށް ކަމަށް ވެސް ތައުރީފް ވިދާޅުވިއެވެ.

 

ތުޅާދޫ ސްކޫލްގެ ބައެއް ދަރިވަރުންނަށް އާދަޔާ ޚިލާފު ގޮތްތަކެއް ވަމުން އަންނަ މައްސަލައިގައި ޓީޗަރުން އަޅާނުލިކަމަށް ބުނެ ބެލެނިވެރިން ނިކުމެ އެސްކޫލް ތަޅުއެޅުވި މައްސަލައާއި، އެސްކޫލްގައި ވަމުން އަންނަ ކަންކަން ގާތުން ބެލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޓީމެއް ވަނީ މިއަދު އެރަށަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ