އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަވާލުކުރި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަން: މައުމޫން ހަމީދު

ހަވާލުކުރި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަން: މައުމޫން ހަމީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް، ރާއްޖޭގެ ފުރަތަމަ ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރު ދުވަހު ބޭއްވި ބާ ކައުންސިލްގެ އިންތިޚާބު ކާމިޔާބުކުރައްވާ، އެ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވަމުންނެވެ.

 

ރައީސް ސޯލިހް، މައުމޫން ހަމީދަށް މަރުހަބާ ވިދާޅުވެ ކުރައްވާފައިވާ ޓްވީޓަށް ޖަވާބު ދެއްވަމުން މައުމޫން ހަމީދު ވަނީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގައި އެމަނިކުފާނުގެ އަޚުންނާއި އުޚުތުން ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.

 

މީގެ އިތުރުން އިންތިޚާބުވެވަޑައިގެންނެވި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ޖެހިވައިނުގަންނަވާނެކަމަށްވެސް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ