އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގުލަދޭޝްގެ ކުރީގެ ރައީސް ޖެނެރަލް އިރުޝާދު އަވަހާރަވެއްޖެ

ބަންގުލަދޭޝްގެ ކުރީގެ ރައީސް ޖެނެރަލް އިރުޝާދު އަވަހާރަވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ބަންގުލަދޭޝްގެ ކުރީގެ ރައީސް ޖެނެރަލް ހުސެން މުހައްމަދު އިރުޝާދު 89 އަހަރުފުޅުގައި މިއަދު އަވަހާރަވެއްޖެއެވެ.

އިރުޝާދު އަވަހާރަވީ ފުއްޕާމެ އާއި ކިޑްނީގެ އިންފެކްޝަނަކަށް ޑާކާގެ މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

10 ވަރަކަށް އަހަރު ބަންގްލަދޭޝްގައި ވެރިކަން ކުރެއްވި ޖެނެރަލް އިރުޝާދު ވެރިިކަމަށް ވަޑައިގަތީ ލޭއޮހޮރުވުމެއް ނެތް އިންގިލާބެއްގައި 1982 ވަނަ އަހަރު އޭރުއޮތް ބަންގްލަދޭޝްގެ ސަރުކާރު ވައްޓާލައިފައެވެ. އޭރު އޭނާ އަކީ އަސްކަރީ ވެރިޔާއެވެ.

ޖެނެރަލް އިރުޝާދު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައި ގަތީ މިހާރުގެ ބޮޑުވަޒީރު ޝޭހް ހަސީނާ އާއި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އިސްކޮށް ތިއްބެވި ޑިމޮކްރެސީގެ ހަރަކާތްތަކާ ގުޅިގެން 1990ގަ އެވެ.

1991 ގައި އިރުޝާދު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން މަޖިލިސް މެމްބަރުކަން ވެސް ވަނީ ގިނައަހަރު ތަކަކު ކުރައްވާފައެވެ.

1983 ގައި ރާއްޖޭގެ މިނިވަންދުވަހާއި ގުޅިގެން ޖެނެރަލް އިރުޝާދުގެ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު