އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު
މިއަހަރުގެ ޙައްޖުގެ މަތިވެރި ފަރުޟު އަދާކުރުމަށްޓަކައި މިހާރުވެސް 37،000 އަށްވުރެ ގިނަ ޙައްޖުވެރިން މައްކާއަށް ގޮސްފައިވާ ކަމަށް ސައުދިޢަރަބިޔާއިން ބުނެފިއެވެ. މިޙައްޖުވެރިން މައްކާއަށް ގޮސްފައިވަނީ 90 ފްލައިޓަކުން ކަމަށް ވެސް ބުނެފައިވެއެވެ.
މިޙައިތަނަށް ޙައްޖުވެރިން ގޮސްފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، މެލޭސިޔާ އަދި އިންޑޮނޭސިއާ ހިމެނެއެވެ. އެއާޕޯޓްތަކުގައި ހޭދަކުރަން ޖެހޭ ވަގުތު މަދުކުރުމުގެ ގޮތުން އެއާޕޯޓްތަކަށް ޖައްސާނެ ފްލައިޓްތައްވެސް ވަނީ ބަހާލައިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަހަރު ލަގެޖް ހޯދަން އެއާޕޯޓުގައި މަޑުކުރާކަށް ނުޖެހޭނެއެވެ. ޙައްޖުވެރިން ތިބެން ހަމަޖެހިފައިވާ ހޮޓާތަކަށް ލަގެޖް ގެންގޮސްދޭނެއެވެ. ވީމާ ފަސިންޖަރުންނަށް ވަގުތުން ބަހުގައި ދަތުރު ފެށޭނެއެވެ.
Advertisement
14 ޖުލައި 2019