އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްވަރުގަދަ އެކުވެރި އަދޫ، ނިޔާވުމުގެ ޚަބަރު ގިނަމީހުން އަޑުއެހީ ފުން ހިތާމައާއެކު!

ހިތްވަރުގަދަ އެކުވެރި އަދޫ، ނިޔާވުމުގެ ޚަބަރު ގިނަމީހުން އަޑުއެހީ ފުން ހިތާމައާއެކު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

އަދުހަމް މުޙައްމަދު (އަދޫ) ގިނަ މީހުންނަށް އެނގިފައިވަނީ ލަވަކިޔުންތެރިޔާ ޝަލަބީގެ ފޮޓޯގްރާފަރުގެ ގޮތުގައެވެ. ނަމަވެސް އޭގެއިތުރުން އޭނާގެ އައިޑެންޓިޓީއަކީ ހަމައެކަނި އެޔެއް ނޫނެވެ.

އަދޫ އަކީ އޭނާގެ ގާތް މީހުން ފާހަގަ ކުރާ ގޮތުގައި، ނުހަނު އެކުވެރި، ހެޔޮލަފާ މިޒާޖެއް ހުންނަ ހިތްވަރުގަދަ ޒުވާނެކެވެ.

ލޭ އަޅާ ކުއްޖަކަށް (ތެލެސީމިއާ ކުއްޖަކަށް) ވީތީ ކޮންމެ މަހަކު ދެ ފަހަރު ލޭ އަޅަމުން، ޑެސްފަރޯލް ޖަހަމުން، ކޮންމެ ދުވަހަކު ކާންޖެހޭ ބޭސްކަމުން ވެސް އަދޫ ހިތްވަރު ކުރިއެވެ. އަމިއްލަ ބުރަ މަސައްކަތް ކޮށްގެން އަމިއްލަ ދިރިއުޅުން ހަމަޖެއްސިއެވެ.

އުމުރުން 24 އަހަރުގެ އެޒުވާނާ މިއަދު އަހަރުމެންނާއި ވަކިވެގެންދިޔަ ނަމަވެސް، އޭނާގެ ހަނދާންތައް ގިނަބައެއްގެ ހިތުން ހަމަޔަގީނުން ވެސް ނުފިލާނެއެވެ.

މިދިޔަ މަހު "ދޯ" އަށް ދިން އިންޓަވިއު އެއްގައި އަދޫ ވަނީ އޭނާގެ ހަޔާތާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް ކިޔައިދީފައެވެ.

އެގޮތުން އޭނާގެ އުމުރުން ދެ އަހަރުން ފެށިގެން ލޭ އަޅަމުން އަންނަ ކަމަށާއި، 2006 ވަނަ އަހަރުން ފެށިގެން އޭނާގެ އުފަން ރަށް ކަމުގައިވާ ހއ. އުލިގަމުން ލޭ ނޭޅޭތީ ދަތިތަކެއް ދިމާވިކަމަށް ވެސް ބުނެފައިވެއެވެ.

އެއިރު ކޮންމެ ދެހަފްތާއަކުން ލޭ އަޅަން ވެއްޖެނަމަ، ހދ. ކުޅުދުއްފުއްޓަށް، ނުވަތަ ހއ. ދިއްދޫ އަށް ނޫނީ ހޯރަފުއްޓަށް ދިޔަކަމަށް ވެސް އަދޫ ކިޔައިދީފައިވެއެވެ. ފަހުން ރަށުގައި ލޭ އެޅުމުގެ އިންތިޒާމް ހަމަޖެހުން ނަމަވެސް ބައެއް ކަންކަމުގައި އުނދަގޫތަކެއް ހުރުމުން، ސްކޫލް ނިންމުމަށްފަހު އަދޫ އައީ މާލެއެވެ.

އެއާޕޯޓުގައި ވަޒީފާ އަދާކުރުމަކީ އަދޫގެ ހުވަފެނެއް ކަމުގައިވީ ނަމަވެސް، ލޭ އަޅަމުން ވަޒީފާ އަދާނުކުރެވޭނެ ކަމަށް ބުނުމުން އޭނާ އެވަޒީފާއަށް ކުރިމައްޗެއް ނުލައެވެ. އޮންލައިން ފޮޓޯގްރަފީ ކޯހެއް ހަދައިގެން ފޮޓޯގްރަފީއިން ޑިޕްލޮމާ ހޯދިއެވެ.

އަދޫ އޭނާގެ ދިރިއުޅުން ސިފަކޮށްފައިވަނީ، ރަނގަޅު ކެރިއަރަކާއި ވަޒީފާއެއް ވެސް އޮތުމުން، ވަރަށް އުފާވެރިކޮށެވެ. އޭނާގެ އެއުފާވެރިކަމުގައި އޭނާ އޭނާގެ ގާތްމީހުން ވެސް ޝާމިލު ކުރިއެވެ.

އަދުހަމް ނިޔާވި ޚަބަރާއެކު މުޅި މީސްމީޑިއާ ފުރިފައިވަނީ އޭނާގެ މައްޗަށް ހެޔޮ ދުޢާ ކުރުމާއި ހަނދުމަ ކުރުމުގައެވެ. އޭނާއަށް ހެޔޮ ދުޢާ ކުރި މީހުންގެ ތެރޭގައި ބައެއް މައްޝޫރު ފަންނާނުން ވެސް ހިމެނިގެންވެއެވެ.

މާތް ﷲ އަދުހަމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށި އާމީން. އަދި މިފަދަ ހިތްދަތި ދަނޑިވަޅެއްގައި އެއާއިލާއަށް ކެތްތެރިކަން ވެސް ދެއްވާށި. އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ