އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުނާފިޤުންނާއި ވެސް ހުތުރު ބަހުރުވައިން މުޚާޠަބްކުރަން ރަސޫލް (ޞޢވ) ދެކޮޅު ހެއްދެވި! އަހަރެމެން އަނބިދަރިންނާ ހުތުރު ބަހުރުވައިން މުޚާޠަބްކުރަން ހެޔޮވާނީ ކިހިނެއް؟: މުފްތީ މެންކް

މުނާފިޤުންނާއި ވެސް ހުތުރު ބަހުރުވައިން މުޚާޠަބްކުރަން ރަސޫލް (ޞޢވ) ދެކޮޅު ހެއްދެވި! އަހަރެމެން އަނބިދަރިންނާ ހުތުރު ބަހުރުވައިން މުޚާޠަބްކުރަން ހެޔޮވާނީ ކިހިނެއް؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މުނާފިޤުންނާއި ވެސް ހުތުރު ބަހުރުވައިން މުޚާޠަބްކުރަން ރަސޫލް (ޞޢވ) ވަނީ ދެކޮޅު ހައްދަވައިފައެވެ. އެކަން ނުކުރުމަށް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު އަހަރެމެން އަނބިދަރިންނާއި ނުވަތަ ފިރިންނާއި ހަޑިހުތުރު ބަހުރުވައިން މުޚާޠަބްކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟  

ރަސޫލް (ޞޢވ) ދެކެ އިންތިހާއަށް ރުޅިއަންނަ ޔަހޫދީއަކު ރަސޫލް (ޞޢވ) އަރިހައަށް އެއްދުވަހަކު އައިސް ސަލާމް ދެނެނވުމުގެ ބަދަލުގައި "ތިބާއަށް މަރުހުރި" ކަމަށް ދެންނެވުމުން އޭނާއަށް ޢައިޝަތުގެފާނު ޖަވާބު ދެއްވިގޮތާއިމެދު ރަސޫލް (ޞޢވ) ވަނީ ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވަވައިފައެވެ. އޭނާގެ ބަސްތައް އަޑު އެއްސެވުމަށްފަހު ކޯފާ އިސްކުރެއްވެވުނު ވަރުން "ތިބާގެ މައްޗަށް ވަނީ މަރު އެކަންޏެއް ނޫން! ﷲ ތަޢާލާގެ ލައްނަތްވެސް ވޭ!" ކަމަށް ޢައިޝަތުގެފާނު ވިދާޅުވުމުންނެވެ.  

ރަސޫލް (ޞޢވ) ވަނީ ހަމަޖެހިވަޑައިގަތުމަށް ޢައިޝަތުގެފާނަށް ހަދީޘްފުޅުކުރައްވަވައިފައެވެ. އަދި އެންމެ ބޮޑުވަރަކަށްވެސް އޭނާ ބޭނުންކުރި ޢިބާރާތަށްވުރެ އިތުރު ނުކުރެއްވެވުމަށް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.   

ވިސްނައިލާށެވެ! އެންމެ ލޯބިފުޅުވެވަޑައިގަންނަވާ އަނބިކަނބަލުން ޢައިޝަތުގެފާނު އެފަދަ ބަސްފުޅެއް ވިދާޅުވީ ރަސޫލް (ޞޢވ)ގެ ދިފާޢުގައެވެ. ވެވަޑައިގަންނަވާ ލޯބިފުޅު ބޮޑުކަމުންނެވެ. ނަމަވެސް އެ ޙާލަތުގައިވެސް ރަސޫލް (ޞޢވ) ވަނީ ހަމަ ވަގުތުން ޢައިޝަތުގެފާނަށް އިރުޝާދު ދެއްވަވައިފައެވެ. 

މިއަދު އެތައް ބައަކު ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ހުތުރު ބަސްތަކުން މުޚާޠަބްކުރެއެވެ. އެފަދަ ހާލެއްގައިވެސް އެމީހުންގެ ދަރަޖައަށް ނުވެއްޓޭށެވެ! ރަސޫލް (ޞޢވ) އަހަރެމެންނާއިއެކު ހުންނެވިނަމަ އެކަން މަނާކުރައްވަވާނެކަން ޤަބޫލުކުރާށެވެ! 

މީސްތަކުންނޭވެ! މިކަން މިފަދައިން އޮތްއިރު އަހަރެމެން މުސްލިލމުންގެ ތެރެއިން މީހުން އެކަކު އަނެކަކާ މުޚާޠަބްކުރާއިރު ވިސްނަންޖެހޭނެ މިންވަރާއިމެދު ވިސްނާށެވެ! އަނބިން ފިރިންނާއި ފިރިން އަނބިންނާއި އަދި ދަރިންނާއި ޢާއިލާގެ މީހުންނާއި މުޚާޠަބްކުރާއިރު ރިވެތި ބަހުރުވަ ބޭނުންކުރަން ސަމާލުކަން ދޭންޖެހޭނެ މިންވަރަށް ބަލައި ބިރުވެތިވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް