އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ މީހުން ރިޒްޤް ބަންދުކޮށް ބަލިވަނީ އަމިއްލައަށެވެ!: މުފްތީ މެންކް

ގިނަ މީހުން ރިޒްޤް ބަންދުކޮށް ބަލިވަނީ އަމިއްލައަށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ޢުމުރުގެ ވަކިސާބެއްގައި ގިނަ ބައެއްގެ ރިޒުޤުން ބޮޑު ބައެއް ބަންދުވެއެވެ. މިވެނި އެވެނި އެއްޗެއް ނުކެއުމަށް ޑޮކްޓަރުން އަންގައެވެ. ބަލިވުމުންނެވެ. ކޮންމެވެސް އެއްޗެއް ހަށިގަނޑުގައި ގިނަވުމުންނެވެ. ބަލިވާން ފެށުމުންނެވެ. ބަނޑުލާން ފެށުމުންނެވެ. 

މިހެން މިވަނީ ކީއްވެގެން ކަމާއިމެދު ވިސްނައިލާށެވެ. ޢާންމު ގޮތެއްގައި މިފަދަ މައްސަލަތައް ގިނަބައަކަށް ކުރިމަތިވަނީ ކެއުން ބުއިމުގައި އަމަލުކުރަން ރަސޫލް (ޞޢވ) އަންވާފައިވާ މިންތަކުގައި ނުހިފެހެއްޓޭތީއެވެ. ކާތަކެތި ފެނުމުން މޮޔަވެވޭތީއެވެ. "ގޮހުރު 3 ބައަށް ބަހައި އެއްބައިގައި ފެން، އަނެއްބައިގައި ކާތަކެތި ބަހައްޓައި އަނެއްބައި ނޭވާލުމަށްޓަކައި ހުސްކޮށް ބަހައްޓަން ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ހަދީޘްފުޅަށް އަމަލު ނުކުރެވޭތީއެވެ. 

ވަރަށް ގިނަ ފަހަރު ހެދޭ އެންމެ ބޮޑު ގޯހަކީ ކާތަކެތިން ބަނޑު ފުރައިލުމެވެ. އަދި އެއަށްފަހު "ޑެޒަރޓް"ވެސް ކެއުމެވެ. އެކަން ވެގެންދަނީ ހަށިގަނޑަށް ކުރެވޭ ވަރަށް ބޮޑު އަނިޔާ އަކަށެވެ. ވީމާ "ޑެޒަރޓް" ކާން ބޭނުންނަމަ ކާތަކެތި ކާންވާނީ ޑެޒަރޓަށް ޖާގަ ބަހައްޓައިގެންނެވެ. 

މީސްތަކުންނޭވެ! އިސްލާމް ދީނުގައި ވަނީ ހަމައެކަނި މިސްކިތުގައި ކުރާ އަޅުކަމެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ޢަމަލުކުރާނެ ރިވެތި، އެންމެ ފައިދާހުރި ގޮތްތަކެވެ. އެގޮތްތަކުގައި ހިފެހެއްޓުމުން ވަރަށް ގިނަ ގޮތްގޮތުން ފައިދާކުރާނެއެވެ. ޞިއްޙަތަށްވެސް ފައިދާކުރާނެއެވެ. ލޫޅާފަތި ނުވެވިގެންވެސް އުޅޭކަށްވެސް ނުޖެހޭނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް