އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުއްދަތު ހަމަނުވަނީސް، ފަންގަސް އަޅަމުން އަންނަ އެންޒީ ރިހާކުރުފުޅި!

މުއްދަތު ހަމަނުވަނީސް، ފަންގަސް އަޅަމުން އަންނަ އެންޒީ ރިހާކުރުފުޅި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 27 ސިކުންތު

ރާއްޖޭގެ މައްޝޫރު ބްރޭންޑެއް ކަމަށްވާ "އެންޒީ" ގެ އުފެއްދުންތަކަކީ ގިނަމީހުން ނުހަނު އިތުބާރުކުރާ، އަދި ނުހަނު ގިނައިން ގަންނަމުން އަންނަ އުފެއްދުންތަކެކެވެ.

އެގޮތުން އެންމެ ގިނައިން މީހުން ގަންނަ އެކައްޗަކީ "އެންޒީ ރިހާކުރު" ފުޅިއެވެ. އެންޒީ ރިހާކުރުގެ މީރުކަމާއި ތާޒާކަމުގެ ވާހަކައަކީ އެއުފެއްދި ކުންފުނީގެ އިތުރުން ގިނަ ކަސްޓަމަރުން ވެސް ދައްކަމުން އައި ވާހަކައެކެވެ. ރިހާކުރަކީ ކޮންމެ ދިވެއްސަކަށްވެސް މީރު އެއްޗަކަށްވެފައި، ޚާއްސަކޮށް މާލެއިން އެންމެ ފަސޭހައިން ލިބެން ހުންނަނީ "އެންޒީ" ރިހާކުރު ކަމަށްވާތީ، އެރިހާކުރުގެ ޑިމާންޑްވަނީ ދުވަހުން ދުވަހަކަށް އިތުރުވެފައެވެ.

ނަމަވެސް ފަހަކަށް އައިސް، އެންޒީ ރިހާކުރަށް ވަމުން މިއަންނަނީ ކިހިނެއްކަމެއް ނޭނގެއެވެ. ރިހާކުރު ފުޅީގައި ފަންގަސް އަޅާފައި ހުންނަކަމުގެ ޝަކުވާތައް އިތުރުވަމުން އަންނައިރު، ހައިރާންވާން ޖެހޭ އަނެއް ކަމަކީ ފުޅީގެ މުއްދަތު ވެސް ހަމަވެފައި ނެތުމެވެ.

 

     

 

އެގޮތުން މިއަދުވެސް މީސްމީޑިއާ ގައި ދައުރުވަމުން ދިޔައީ މިފަދައިން ހަލާކުވެ ފަންގަސް އަޅާފައިވާ އެންޒީ ރިހާކުރުފުޅިއެއްގެ ފޮޓޯ ތަކެކެވެ.

އެފޮޓޯތައް ޝާއިއު ކުރި ފަރާތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނީ، މިއީ މިހެން ދިމާވި ފުރަތަމަ ފަހަރު ނޫން ކަމަށާއި ކުރިން ވެސް ގަތް ރިހާކުރުފުޅިއެއް މިހެން ފަންގަސް އަޅާފައި ހުރި ކަމަށެވެ.

"އެފަހަރު ވެސް މަތި ނެގިއިރު ހުރީ އެއްކޮށް ފަންގަސް އަޅާފަ، ދެން ކުނި ވަސް ދުވަން ފެށީވެސް. ދެން މިއަދު ގަތް ރިހާކުރުފުޅީގެ މަތިވެސް ނުނެގިގެން، އަޅުގަނޑުގެ ފިރިމީހާ އެފުޅީގެ މަތި ނަގަން އުޅުމުގެ ތެރޭގަ، މަތިގަނޑަށް އައީ ފުޅީގެ އެއްބައި، އެތެރެ އޮތީ އެއްކޮށް ފަންގަސް އަޅާ ހަލާކުވެފަ، ދުވީ ހުސް ކުނި ވަސް!" ނަންހާމަ ނުކުރުމަށް އެދި އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ރިހާކުރުފުޅި ހިފައިގެން އެގަތް ފިހާރައަށް ދިޔަކަމަށާއި، އެމީހުން ބުނީ އެއީ އެމީހުންގެ މައްސަލައެއް ނޫން ކަމަށާއި އެމީހުން ރިހާކުރުފުޅި ވިއްކަނީ "އެތެރެ ބަލާފައެއް ނޫން" ކަމަށެވެ.

މީސްމީޑިއާގައި ދައުރުވަމުން ދިޔަ މިފޮޓޯތަކުން ހާމަވާ ގޮތުގައި، އެރިހާކުރުފުޅީގެ މުއްދަތު ހަމަވާ ތާރީޚަކީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހެވެ.

 

        

 

އެފޮޓޯތަކަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވަނީ، ރިހާކުރުފުޅި އެހާ އަވަހަށް އެހަލާކުވީ، އޭގައި މާ ގޮދަންފުށް ގިނަވުމުން ކަމަށެވެ.

މިކަމާއި ބެހޭގޮތުން އެންޒީ ކުންފުނީގެ ބަހެއް ހޯދާލުމަށް، އެބޭފުޅުންގެ ކުންފުނީ ނަންބަރަށް ގުޅާލުމުން، އެއްވެސް ބޭފުޅަކާއި ގުޅޭގޮތެއް ނުވިއެވެ. އަދި ފޭސްބުކް މެދުވެރިކޮށް މެސެޖު ކޮށްގެން ވެސް އެބޭފުޅުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ