އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވާނެ ވަގުތު ކަނޑައަޅާނީ އަމިއްލައަށް ކަމަށް ބުނެ ރީތި ވަގުތަކު މަރުވާން މަސައްކަތްކުރި ކްރިޝްނާ ޕަލްގެ ވާހަކަ!

މަރުވާނެ ވަގުތު ކަނޑައަޅާނީ އަމިއްލައަށް ކަމަށް ބުނެ ރީތި ވަގުތަކު މަރުވާން މަސައްކަތްކުރި ކްރިޝްނާ ޕަލްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

އިންޑިއާގެ އުއްތަރު ޕްރަދޭޝްއަށް ނިޞްބަތްވާ އުމުރުން 40 އަހަރުގެ ކްރިޝްނާ ޕަލް ބުނީ މަރުވާނެ ވަގުތު ކަނޑައެޅުމަކީ އެމީހަކަށް ކުރެވޭނެ ކަމެއް ކަމަށެވެ. އެމީހަކު ބޭނުންވާ ވަގުތަކު މަރުވުމުގެ ބާރު އެމީހަކަށް ލިބިގެންވާ ކަމަށާއި އަދި އޭނާއަށްވެސް އެ ބާރުލިބިގެންވާ ކަމަށެވެ. 

އޭނާ އިޢުލާނު ކުރީ އޭނާ މަރުވާނީ 2012 ވަނަ އަހަރުގެ 12 ވަނަ މަހުގެ 12 ވަނަ ދުވަހުގެ 12ގަޑި 12 މިނިޓްގައި ކަމަށެވެ. އަދި އެކަމަށް ވާނަޖެހޭ ހުރިހާ ތައްޔާރީތަކެއް އޭނާވިއެވެ. އޭނާ މަރުވަން ނިންމާފައި އޮތީ 80 ފޫޓު މަތީގައި ހުރި ފެންތާނގީއަކުން ބިންމައްޗަށް ފުންމާލައިގެންނެވެ. 

އޭނާގެ އެ އަމަލު ހުއްޓުވުމަށް އަވަށުގެ ގިނަ ބައަކާއި ފުލުހުން ވެސް މަސައްކަތްކުރިއެވެ. އޭނާ ވަނީ ކުރިއާލައި އެތަނަށް ގައުބުރިތައްވެސް ޖަމާކޮށްފައެވެ. އެއީ އޭނާ އެތަނުން ބާލަން ބައަކު އުޅެފިނަމަ އެމީހުންނަށް އުކުމަށެވެ. 

އޭނާ ރާވައިގެން ހުރި ގޮތަށް މަރުވަން ތައްޔާރުވެގެން ހެނދުނު 10 ޖެހިއިރު އެތަނަށް އޭނާ އެރިއެވެ. އަދި ދަންޖެހޭނެ ވައު ގަނޑަކާއި 12 ސަފްހާގެ ލިޔުމެއްވެސް އޭނާ އާއިއެކު ގެންދިއައެވެ. އަދި އެ ލިޔުން މީހުންނަށް ދެއްކުމަށްޓަކައި ބިންމައްޗަށް ވައްޓައިވެސް ލިއެވެ. އޭނާ ސަލާމަތްކުރަން މަސައްކަތްކުރި ފުލުހުންނަށް ބުނީ މިއީ އޭނާ "ކަލާނގެ" އަށް ގޮންޖަހަން ކުރާ ކަމެއް ކަމަށާއި ފުލުހުންނާއި އެއްވެސް ގޮތަކުން ބެހޭ ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ކަންތައް ވެގެން ދިއައީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. އޭނާއަށް އެތަނުން 11.05 ފައި ފުންމާލެވި ވަގުތުން މަރުވީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް