އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުތަކާއި ޚިލާފަށް ބިދޭސީން ރާއްޖޭގަ ނުތިބޭނެ ދުވަހެއް އެނގެން ބޭނުން!

ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުތަކާއި ޚިލާފަށް ބިދޭސީން ރާއްޖޭގަ ނުތިބޭނެ ދުވަހެއް އެނގެން ބޭނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަދި މޯލްޑިވްސް އިމިގްރޭޝަންގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ވަނީ ބައްދަލުކޮށްފައެވެ. ބައްދަލުކުރުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. އެހެންކަމުން ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ވަނީ ސިއްރުކުރެވިފައެވެ. 

މިފަދަ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި މިވަނީ ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުތަކާއި ޚިލާފަށް ބިދޭސީން ރާއްޖޭގައި ނުތިބޭނެ ދުވަހެއް އެނގެން ބޭނުން ކަމަށް ގިނަ ބައަކު ބުނަމުންދާ ވަގުތެއްގައެވެ. ޤަވާއިދާއި ޚިލާފަށް ތިބި ބިދޭސީން ލައްވަވައި މަސައްކަތް ކުރުވުމަކީ ޤާނޫނުގައި މަނާކަމެއް ކަމަށް ބަޔާންކޮށްފައިވީނަމަވެސް ރާއްޖެއަކީ އެންމެ ބޮޑަށް ހުޅުވައިލެވިގެން ޤަވާއިދާއި ޚިލާފަށް ތިބި ބިދޭސީން ލައްވައި މަސައްކަތްކުރުވަމުން ގެންދާ ދުނިޔޭގެ ޤައުމުކަބް ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ. 

ދާދިފަހުން ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ހިންގަން ހުރި މަޝްރޫޢުތައް ހިންގޭނީ އަދިވެސް ގިނަ އަދަދަދެއްގެ ބިދޭސީން ރާއްޖެ ގެނެސްގެން ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން މަސައްކަތު ނުކުމެގެންވެސް މަޝްރޫޢުތައް ނުހިންގޭނެ ކަމަށެވެ.

ރާއްޖޭގައި ހިންގަން ހުރި މަޝްރޫޢުތައް ހިންގަން ބިދޭސީން ގެނައުމަކީ އެއްވެސް ބައަކު ކަންބޮޑުވާ ކަމެއް ނޫނެވެ. ކަންބޮޑުވަނީ ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީއެވެ. 

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާއި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރަން އިމިގްރޭޝަނުން މިހާރުވެސްވަނީ ޕްލޭންތަކެއް އެކުލަވާލައިފައެވެ. ނަމަވެސް އެކަންކަން ކުރެވޭނެ ފަންޑިންގ އާއި ވަސީލަތްތައް ސަރުކާރުން ހަމަޖައްސައިދީފައެއް ނުވެއެވެ. އަބަދުވެސް ދައްކަނީ ހަމަޖައްސައިދޭ ވާހަކައެވެ.

މިކަމުގައި އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ބައިތިއްބަން ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ޤަބޫލުކުރާ ވީއައިޕީ ފެންވަރުގެ ތަނެއް ނެތުމެވެ.

މިއީ އިޖުތިމާޢީ ގޮތުންނާއި އިޤްޠިޞާދީ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަސްވާއިރު މި ބޮޑު މައްސަލަ ހައްލުކުރުމަށް ފާއިތުވި ސަރުކާރުތަކުން ވަނީ ނުކުޅެދިފައެވެ. މައިގަނޑު ސަބަބަކަށްވެފައި އޮތީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމުން ސަރުކާރުގެ އިސް ބައެއްގެ ޖީބަށް ކުރާ ބޮޑު ފައިދާ ކަމުގައި އަބަދުވެސް އަންނަނީ ސާބިތުވަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް