އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއޭސީއެލް އިން ފުރަތަމަ ކްއާޓަރުގައި 193 މިލިއަން ރުފިޔާ އިތުރުކޮށް އަހަރު ތެރޭ 2 ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދުމުގެ އަމާޒަށް!

އެމްއޭސީއެލް އިން ފުރަތަމަ ކްއާޓަރުގައި 193 މިލިއަން ރުފިޔާ އިތުރުކޮށް އަހަރު ތެރޭ 2 ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދުމުގެ އަމާޒަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އޮއްސެމުން ދަނިކޮށް ގަދަކަމުން ގަދަކަމުން ނަގައި ކޮޅަށް ޖެހި އެމްއޭސިއެލް އިން މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި މިދިއަ އަހަރަށްވުރެ 193 މިލިއަން ރުފިޔާގެ ފައިދާ އިތުރުކޮށް އަހަރު ނިމޭއިރު 2 ބިލިއަން ރުފިޔާގެ ފައިދާ އެއް ހޯދަން އަމާޒު ހިފައިފިއެވެ. 

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ވެސް ހިންގަމުން އަންނަ އެމްއޭސީއެލް ވަނީ މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި ވަނީ 572 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައި ފުރަތަމަ ކްއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ކުންފުނީގެ ރެކޯޑް ހޯދައިފައެވެ. 

މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު 572 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުމުން އެއީ އޮފް ސީޒަންގައި ލިބޭ އާމްދަނީ މަދުވި ނަމަވެސް މިއަހަރު ކުންފުންޏަށް 2 ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިދާނެ ކަމުގެ އުންމީދެކެވެ. އަދި މިއީ މިދިއަހަރުގެ ފުރަތަމަ ކްއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު 379 މިލިއަން ރުފިޔާ އާއި އަޅައިބަލާއިރު 193 މިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ. 

އެމްއޭސީއެލް ވެފައިވަނީ މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހު އެންމެ ބޮޑު ފައިދާއެއް ލިބިފައިވާ ކުންފުނި ކަމަށެވެ. އެމްއޭސީއެލް އިން މިއަދު ރަސްމީކޮށް ހުޅުވި އޭޕްރަން ތަރައްޤީކޮށްފައިވަނީ އައިކާއޯގެ ސްޓޭންޑަރޑަށް ކަމަށް ވުމުން އެއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ދަރަ ދުނިޔޭގެ ފެނަވަރުގައި މަތިވެގެންދާނެ ކަމެކެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ މައްސަލަތައް ނަމަވެސް ޖީއެމްއާރު ކުންފުންޏަށް ދިން އެއްބަސްވުމުގައި އިތުރު ރަންވޭއެއް އެޅުމުގެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައިވެސް ނުވެއެވެ. އެކަން ބާއްވާފައި އޮތީ ކުއްޔަށް ދިން 25 އަހަރު 50 އަހަރަށް ބަދަލުކުރުމަށް ފުރުޞަތު ހޯދާ ސިއްރު އެޖެންޑާއެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް