އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްހީދާއިރާއިން ރަނގަޅުކުރަންހުރި ކަންކަމާމެދު ނައިބު ރައީސް ހެލްތާއި އެޗްޕީއޭގެ އިސްވެރިންނާ މަޝްވަރާކުރައްވައިފި

ޞިއްހީދާއިރާއިން ރަނގަޅުކުރަންހުރި ކަންކަމާމެދު ނައިބު ރައީސް ހެލްތާއި އެޗްޕީއޭގެ އިސްވެރިންނާ މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އާންމު ޞިއްހަތުގެ ދާއިރާއިން ރަނގަޅުކުރަންހުރި ބައެއް ކަންކަމާމެދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު، ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އާންމު ޞިއްޙަތުގެ ދާއިރާ އިތުރަށް ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އާންމު ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށްގެންދެވޭއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް މިފަދަ ޕްރޮގްރާމްތައް އަމާޒުކުރުމާ އަދި މި ފަދަ ޕްރޮގްރާމްތައް ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ހިންގުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިދާއިރާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މީޑިޔާ މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ހިންގުމުގެ ބޭނުންތެރިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރުކަންކަމުގެ ތެރޭގައި ޕަބްލިކް ހެލްތު ދާއިރާއިން ރަނގަޅުކުރަންހުރި ކަންކަމާއި ހުރި ގޮންޖެހުންތަކާއި އަމާޒުހިފަންވީ ގޮތްތައް ހިމެނެއެވެ. މީގެ އިތުރުން މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރަކަށްވާތީ އެކަންކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވި މަޝްވަރާކުރެވުނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު