އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޯމާލިއާގެ ހަނގުރާމަވެރިން, ބަނޑުގަ އޮތް ދަރިފުޅާއެކު ދީނީ ޚިދުމަތްތެރިޔާ، ހޫދަން ނަލަޔޭ ޝަހީދުކޮށްލުމުން ގިނަ ބައެއްގެ ކޮންބޮޑުވުން!

ސޯމާލިއާގެ ހަނގުރާމަވެރިން, ބަނޑުގަ އޮތް ދަރިފުޅާއެކު ދީނީ ޚިދުމަތްތެރިޔާ، ހޫދަން ނަލަޔޭ ޝަހީދުކޮށްލުމުން ގިނަ ބައެއްގެ ކޮންބޮޑުވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 3 ސިކުންތު

ހޫދަން ނަލަޔޭ އަކީ ސޯމާލިއާގެ ނޫސްވެރިއެކެވެ. ނޫސްވެރިއެއްގެ އިތުރުން އިސްލާމް ދީން މަތިވެރިކުރަން ބާއްވާ ދަރުސްތަކާއި އެފަދަ ކަންކަން ހުށަހަޅައިދެމުން ވެސް އަންނަ ވަރަށް ހީވާގި ޚިދުމަތްތެރިއެކެވެ. އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެމުން އައިސްފައިވަނީ އިސްލާމް ދީނުގެ މައުލޫމާތު ފެތުރުމަށެވެ. ދީނީ ޢިލްމުވެރިން ދެއްވާ ދަރުސްތަކުގެ މައުލޫމާތު ފެތުރުމަށެވެ.

 

ނޫސްވެރިއެއްގެ ހައިޞިއްޔަތުންވެސް ހޫދަން ނަލަޔޭ އެންމެ ގިނައިން ސުވާލުކުރަން ބޭނުންވަނީ ދީނީ ޢިލްމުވެރިންނާއި އެވެ. އެހެންކަމުން ސޯމާލިއާގައި ބާއްވާ ބޮޑެތި ދަރުސްތަކާއި ގުޅިގެން ހޫދަން ނަލަޔޭ ޢާންމުންގެ ކުރިމަތީގައި ދީނީ ޢިލްމުވެރިންނާއި ސުވާލުކޮށް ކަންކަން އޮޅުންފިލުވައި ހަދައެވެ. އެހެންކަމުން އެކަމުގެ ފައިދާ ޓީވީ ބަލަން ތިބޭ މީހުންނަށް ކުރެއެވެ.

 

       

 

ހަނގުރާމަވެރިން ވަނީ ހޫދަން ނަލަޔޭ ގެ ފިރިމީހާވެސް ޝަހީދުކޮށްލައިފައެވެ. މިއަދު ދުނިޔޭގައި ތިބީ ހަމައެކަނި ހޫދަން ނަލަޔޭ ގެ 2 ފިރިހެންދަރިންނެވެ. ހޫދަން ނަލަޔޭގެ ދަރިންނަށް އެހީތެރިވުމުގެ ހުޅުވައިލި ފަންޑަށް މިހާރުވެސް ގިނަ ބައަކު ވަނީ ފައިސާ ޖަމާކޮށްފައެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ތެރޭގައި އެހީތެރިވެދެއްވަން ބޭނުންފުޅު ބޭފުޅަކު ހުންނެވި ނަމަ ތިރީގައިވާ ލިންކުން މަގުފަހުިވާނެއެވެ.

 

https://www.launchgood.com/project/sadaqah_jariyah_in_memory_of_sr_hodan_nalayeh_1?fbclid=IwAR3Ky7Nd8fEoQ9ijFSBDV96B3L10Ie2H1O78AtnI_GFF6JuNy4JFe4phfUc#!/

 

މިއަދުނޫހުން މި ލިންކް  ހާމަކުރީ ދުނިޔޭގެ ބޮޑެތި ބައެއް ދީނީ ޢިލްމުވެރިން އެކަމަށް އިރުޝާދު ދެއްވުމުންނެވެ. އޭނާ ޝަހީދުކޮށްލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް