އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުވާގައި ޕީޖީ ބިޝާމްގެ މަސްލަހަތު އެބައޮތް ‍- ރެކިގަތުމަށްޓަކައި އެހެން މީހެއްގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ: އާޒިމާ

ދައުވާގައި ޕީޖީ ބިޝާމްގެ މަސްލަހަތު އެބައޮތް ‍- ރެކިގަތުމަށްޓަކައި އެހެން މީހެއްގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ: އާޒިމާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން ދައުވާކުރާ ދައުވާގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މަސްލަހަތު އެބައޮތް ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. 

މިދައުވާތައް ދައުލަތުން އާޒިމާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް އެއްބަސްވުމަށް ފަހު އެއާ ޚިލާފްވި ކަމަށް ބުނާ މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވުމުން އާޒިމާ ދައުލަތާ ސުވާލު ކުރެއްވީ އެ ދައުވާ ކުރުމުގައި ޕީޖީ ބިޝާމްގެ ބައިވެރިވުމެއް އޮތްތޯއެވެ. ޖަވާބުގައި ދައުލަތުން ބުނީ ޖިނާއީ ކޮންމެ ދައުވާއެއް ވެސް ކުރަނީ ޕީޖީގެ ބެލުމުގެ ދަށުން ކަމަށެވެ.

ރައްދުގައި އާޒިމާ ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގައި އޭނާގެ ކުރިން ހުންނެވީ ބިޝާމް ކަމަށާއި އެ މައްސަލާގައި އޭނާގެ މަސްލަހަތު އެބައޮތް ކަމަށެވެ. ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ފައިސާ ޖަމާކުރިއިރު އެ މަގާމުގައި ހުންނެވީ ބިޝާމް ކަމަށާއި އެކަންކަމުން ބިޝާމް ރެކިގަތުމަށްޓަކައި އެހެން މީހެއްގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ.

ޖަވާބުގައި ދައުލަތުން ބުނީ ދައުވާގައި ބުނާ އެއްވެސް އަމަލެއް ހިންގިއިރު އެ މަގާމުގައި ބިޝާމް ނެތް ކަމަށާއި އެކަމުގައި އެކި ފަރާތްތަކާ މުއާމަލާތް ކުރީ އާޒިމާ ކަމަށާއި  އެސްކްރޯ އެކައުންޓާ ގުޅޭގޮތުން ވެސް އޭސީސީއާ މުއާމަލާތްކުރީ ވެސް އާޒިމާ ކަން ލިޔުންތަކުން އެނގެން އެބައޮތް ކަމަށެވެ.

އާޒިމާއާ ދެކޮޅަށް ހަ މީހުން ހެކިންގެ ގޮތުގައި ހުށަހެޅިއިރު އޭގެތެރޭގައި ރައީސް ޔާމީނާއި އޭސީސީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި ހަސަން ލުތުފީ އާއި އޭރުގެ އޭސީސީގެ ނައިބު ރައީސްގެ މުއައްވިޒު ރަޝީދާއި މޫސާ ޒަމީރާއި އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހިމެނެއެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ވެސް ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. 

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ގާޒީ ވަނީ ދެ ފަރާތަށް ވެސް 10 ދުވަހުގެ ފުރުސަތެއް ދެއްވައިފަ އެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު