އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށެއް ކުރެވިއްޖެ ނަމަ އަމިއްލަ ނަފްސް ދެކެ ރުޅިއައުމެއް ނެތެވެ! މުސްތަޤްބަލުގެ އަލިގަދަކޮށް މާޒީ ގެއްލުވައިލާށެވެ!: މުފްތީ މެންކް

ކުށެއް ކުރެވިއްޖެ ނަމަ އަމިއްލަ ނަފްސް ދެކެ ރުޅިއައުމެއް ނެތެވެ! މުސްތަޤްބަލުގެ އަލިގަދަކޮށް މާޒީ ގެއްލުވައިލާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ތިމާއަށް ކުށެއް ކުރެވިއްޖެކަން ވިސްނުމުން ބައެއް މީހުން އަމިއްލަ ނަފްސް ދެކެ ރުޅި އައުދެއެވެ. ނަމަވެސް ކުށެއް ކުރެވުމަކީ އަމިއްލަ ނަފްސް ދެކެ އެއްވެސް ވަރަކަށް ރުޅި އަންނަން ޖެހެންވީ ސަބަބެއް ނޫނެވެ. 

ތިމާއަށް ކުށެއް ކުރެވިއްޖެ ކަމަށް އަމިއްލައަށް ޤަބޫލުކުރެވިއްޖެ ނަމަ އެއިގެ މާނައަކީ އަވަހަށް މިސްރާބު ބަދަލުކުރަންވީކަމެވެ. އެކަމުން ޙާޞިލުކުރަން ޖެހޭ ފިލާވަޅުތައް ދަސްކުރުމަށް އަވަސްވެގަންނާށެވެ! 

ދުނިޔޭގައި ކަންކަން ހިނގާނީ ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ގޮތަށެވެ. ވީމާ ތިމާއަށް ކުށެއް ކުރެވިއްޖެކަން އެނގުނުކަން އެއީ ވަރަށް ބޮޑު ރަނގަޅެކެވެ. ނުބައިކަން ބޮޑީ ކުށެއް ކުރެވުމުން އެކަން ޤަބޫލު ނުކުރެވުމެވެ. ވީމާ ތިމާއަށް އެ ކުށް އެ ކުރެވުން އެއީ ތިބާގެ އަމަލުތައް އިޞްލާޙްކުރުމަށް ދެއްވެވި ފުރުޞަތެއް ކަމަށް ބަލައި ފުރުޞަތުގެ ބޭނުން ހިފާށެވެ! ހެޔޮލަފާ މީހަކަސް ވުމަސް އިތުރަސް ގަދައަޅައި މަސައްކަތްކޮށް އިޞްލާޙްވެގެން ހުރި މުޅިން އައު މީހެއްގެ ގޮތުގައި މީސްތަކުންނަށް ދައްކާށެވެ! އަދި އެ ގޮތުގައި ކުރިއަށްދާށެވެ! 

ކުށް ކުރެވުނީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ކަމަށްވެސް ވެދާނެއެވެ. އެ ހިސާބުން އަވަހަށް މާފަށް އެދޭށެވެ! އަދި މީހާގެ އުޅުން މުޅިން ބަދަލުކޮށްލައި ކުރިއަށްވުރެ މާރަނގަޅު މީހަކަށްވާށެވެ! މުސްތަޤްބަލުގެ ބައްތިތަކުގެ އަލިގަދަކޮށްލުމުން މާޒީގެ އަނދިރިކަމެއް ނުފެންނާނެއެވެ. ގެއްލިގެން ހިނގައިދާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް