އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެރިއެއް ކަމަށް ހީކޮށް ކަންބަޅި ބަކަރިއެއް ޓްރަކަކަށް އަރުވަން އުޅުނު 3 މުސްލިމުން މަރާލައިފި

ގެރިއެއް ކަމަށް ހީކޮށް ކަންބަޅި ބަކަރިއެއް ޓްރަކަކަށް އަރުވަން އުޅުނު 3 މުސްލިމުން މަރާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

އިންޑިއާގެ ބިހާރުގެ އަވަށެއްގައި ކަންބަޅި ބަކަރިއެއް ޕިކަޕަކަށް އަރުވަން އުޅުނު 3 މުސްލިމުން މަރާލައިފިއެވެ. ހިންދުންގެ ގޭންގަކުން އެމީހުންނަށް ހަމަލާދީ މަރައިލީ އެމީހުން ގެންދަން އުޅުނީ ގެރިއެއް ކަމަށް ހިކޮށެވެ.

އިއްޔެ ހިންގި މި ޖަރީމާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެތަނުގައި ކުޑަ ކަންބަޅި ބަކަރިއެއް އޮތުމުން އެމީހުންނަށް ދުރުން ފެނުނީ ގެރިއެއްގެ ސިފައިގައި ކަމަށާއި އައި ރުޅީގައި ތަޅައި މަރައިލީ ކަމަށެވެ.

މަރުވި މީހުންގެ ތެރެއިން އެކެއްގެ ޢާއިލާގެ މީހަކު ވަނީ ހަމަލާދިން މީހުންގެ ތެރެއިން މީހެއްގެ ޢާއިލާގެ މީހަކު މަރާލައިފައެވެ. ފުލުހުން ވަނީ މި ދެ މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފައެވެ.

އިންޑިޢާގައި މުސްލިމުންނަށް މިފަދަ އަނިޔާތައްކޮށް މަރަމުން ގެންދަނީ މިހާރު ވެރިކަން ކުރާ ބީޖޭޕީގެ ހިތްވަރާއި ތާއީދު އެކަމަށް ލިބޭތީ ކަމަށް ބުނެ ގިނަ ބައަކު ގެންދަނީ މުޒާހަރާކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް