އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީސްމީޑިއާގެ ގިނަބަޔަކު ކުއްލިއަކަށް މުސްކުޅިމިވީ، މިއީ އަނެއްކާ ކޮންކަހަލަ މޫސުމެއްބާ؟

މީސްމީޑިއާގެ ގިނަބަޔަކު ކުއްލިއަކަށް މުސްކުޅިމިވީ، މިއީ އަނެއްކާ ކޮންކަހަލަ މޫސުމެއްބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

މީސްމީޑިއާ އަކީ އެކި މީހުން ތަފާތު އެކި ގޮތްގޮތަށް، ތަފާތު އެކި ބޭނުންތަކަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. އެއްބައި މީހުން އެކަކު އަނެކަކަށް ޚަބަރެއް ނުވަތަ މައުލޫމާތެއް، ނުވަތަ ނަސޭޙަތެއް ހިއްސާ ކުރުމުގެ ނިޔަތުގަ މީސްމީޑިއާ ބޭނުންކުރާއިރު، އަނެއް ބަޔަކު އެމީޑިއާ ބޭނުން ކުރަނީ އެކަކު އަނެކަކަށް ހަޖޫޖެހުމަށާއި، ފުރައްސާރަ ކުރުމާއި އެކިމީހުންގެ ޒާތީ ކަންތައްތަކާއި ބެހުމަށެވެ. ހަމައެކަނި މަޖަލަކަށް ވެސް މީސްމީޑިއާ ބޭނުންކޮށް އުޅޭ މީހުން މަދެއް ނޫނެވެ.

އެގޮތުން އެކިއެކި މޫސުންތައް މީސްމީޑިއާއަށް ވެސް އަންނަން ފަށާފައިވާއިރު، މިހާރު އެންމެ ހަލުވިކަމާއެކު އައިސްފައިވަނީ މީހުން މުސްކުޅިވީމަ ހުންނާނެ ގޮތް ބެލުމުގެ މޫސުމެވެ.

ތިމާމީހާގެ ސިފަ ޒުވާންކޮށް ހުންނައިރު، ނުވަތަ މުސްކުޅިވީމަ ހުންނާނެ ގޮތް ބަލާލެވޭ އެޕްލިކޭޝަނެއް ކަމަށްވާ "ފޭސްއެޕް" މެދުވެރިކޮށް، ގިނަބަޔަކު ވަނީ އެމީހުން ޒުވާން އިރު ހުންނާނެ ގޮތް ނުވަތަ މުސްކުޅިވީމަ ހުންނާނެ ގޮތް ބަލައިލާ، އެފޮޓޯތައް މީސްމީޑިއާގައި ހިއްސާ ވެސް ކޮށްފައެވެ.

"ފޭސްއެޕް" ގެ ވަބާގައި ޖެހިފައިވަނީ ހަމައެކަނި އާންމުންގެ މީހުން އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެކިއެކި ފަންނުތަކުގެ މައްޝޫރު މީހުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ވެސް ވަނީ މިކަމުގައި ބައިވެރިވެފައެވެ. އޭގެތެރޭގައި ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރާއި ޕްރިޔާންކާގެ ފިރިމީހާ ހިމެނޭ މިޔުޒިކް ބޭންޑް ކަމަށްވާ "ޖޯނަސް ބްރަދަރސް" ގެ ތިން ބެއިން ވެސް ހިމެނެއެވެ. ރާއްޖެއަށް ބަލާނަމަ، ސިޔާސީ ދާއިރާގައި އެންމެ ފުންނާބު އުސް އެކަކު ކަމަށްވާ އަހުމަދު ފާރިސް މައުމޫން ވެސް ވަނީ މިއެޕް މެދުވެރިކޮށް، އޭނާ މުސްކުޅިވީމަ ހުންނާނެ ގޮތްބަލާލާފައެވެ.

ގިނަ ބައެއްގެ މެދުގައި މިއެޕްލިކޭޝަން ވަރަށް މަގުބޫލުވެފައިވާއިރު، މިފަދައިން ފޮޓޯހަދާ އާންމުކުރުމުގައި ނުރައްކަލެއް އުޅޭކަމަށް ވެސް ބަޔަކު ބުނެފައިވެއެވެ.

އެގޮތުން އެމެރިކާގެ ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީ (ޑީއެންސީ) އިން ވަނީ އަންނަ އަހަރުގެ ރިޔާސީީ ކެމްޕޭނުގައި ފޭސްއެެޕް ބޭނުން ނުކުރަން ވެސް ގޮވާލައި އެެއަށް ސަމާލުވުމަށް އިންޒާރު ދީފަ އެވެ. ސަބަބަކީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ވެސް އާންމުންގެ ތެރޭގައި މިކަމުގެ ސަބަބުން އޮޅުންބޮޅުންވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އެމެރިކާގެ ސެނެޓާ ޗަކް ޝޫމާ ވެސް ވަނީ ފޭސްއެޕްގެ ކަންތައްގަނޑު މާބޮޑުވެއްޖެ ކަމަށް އޭގެ މައްސަލަ އެފްބީއައިން ވެސް ބަލަން ގޮވާލައްވައިފަ އެވެ.

ފޭސްއެޕުން ހުއްދަ ނެތި މީސްމީހުންގެ ފޮޓޯތައް އެއްކޮށް، ބަދަލުތައް ގެންނަކަމުގެ ޝަކުވާ ވެސް ބޮޑެވެ. ނަމަވެސް އެ އެޕުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ