އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އައިއޯއައިޖީ ގައި ރާއްޖެ ބައިވެރިވި ބައެއް ކުޅިވަރުތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

އައިއޯއައިޖީ ގައި ރާއްޖެ ބައިވެރިވި ބައެއް ކުޅިވަރުތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާ ދިވެހި ޓީމުތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން ރާއްޖޭގެ ކުޅުންތެރިން ބައިވެރިވި ބައެއް ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވައިލައްވައިފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުޅިވަރުތައް މޮރިޝަސްގައި މިއަދު ކުރިޔަށްދިޔައިރު ރާއްޖޭގެ ވޮލީޓީމާއި ޓޭބަލް ޓެނިސް ޓީމްގެ މެޗްތައް ކުރިޔަށްދިޔައިރު ރައީސްގެ ދެ ކަނބަލުން ވަނީ އެތަނަށް ވަޑައިގެން މި މެޗްތައް ބައްލަވައިލައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވައިފައެވެ. މިއަދު ކުރިޔަށްދިޔަ ފިރިހެނުންގެ ބީޗް ވޮލީ މެޗްގައި ބައްދަލުކުރީ ރާއްޖޭގެ ޓީމާއި ރީޔޫނިއަން އައިލެންޑްގެ ޓީމެވެ. އަދި އަންހެނުންގެ ޓޭބަލް ޓެނިސް މެޗްގައި ރާއްޖެއާއި ބައްދަލުކޮށްފައި ވަނީ މޮރިޝަސް ޓީމެވެ. ބީޗްވޮލީގައި ރާއްޖޭގެ ފިރިހެން ޓީމަށް ނާކާމިބުވީ ނަމަވެސް ޓީޓީއިން ރާއްޖޭގެ ޓީމުވަނީ ސެމީ ފައިނަލުން  ޖާގަ ހޯދާފައެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު