އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގަ މީދާ ގިނަވެ ގޭގެއަށް ވަންނަނީ!

ހުޅުމާލޭގަ މީދާ ގިނަވެ ގޭގެއަށް ވަންނަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ހުޅުމާލޭގައި މީދާ ގިނަވުމުގެ ސަބަބުން މީހުން ދިރިއުޅޭ ގޭގެއަށް ވަންނަމުން އެބަދެއެވެ. ހަދަމުންދާ އުސް އިމާރާތްތަކަށް އަރައި މީހުން ދިރިއުޅޭ ގޭގޭގެ މަތީ ބުރިތަކަށްވެސް ދަނީ ފުންމައި ވަންނަމުންނެވެ.

ހުޅުމާލޭގައި އިމާރާތް ކުރަން ފެށުމަށްފަހު މަސައްކަތް ހުއްޓާލާފައިވާ ގިނަ އަދަދެއްގެ އިމާރާތް ހުރިކަން ފާހަގަކުރެވޭއިރު އެއިގެ ތެރެއިން ބައެއް އިމާރާތްތައް މިހާރުވެފައިވަނީ މީދާ އުޅޭ ހާލިތަކަކަށް ކަމަށް ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބައަކު ބުނެއެވެ.

"އަޅުގަނޑު ދިރިއުޅޭ ގެއަށް މިއަދުވެސް 2 މީދާ ފުލުފުލުގައި ވަންނަން މަސައްކަތްކޮށްފި. ނަސީބަކުން ފުރަތަމަ ވަންނަން އުޅުނު މީދާ މަރާލެވުނު. ދެން މިޖެހެނީ ހުރިހާ ދޮރުތައް ލައްޕައި ވައިކޮޅެއްވެސް ނުލިބޭ ގޮތަށް ތިބެން. މިފަދަ ހޫނު ގަަދ ދުވަސްވަރެއްގައި މިއީ ލިބެމުންދާ ވަރަށް ބޮޑު އަނިޔާއެއް." ކަމަސް މިއަދުނޫހަށް މައުލުމާތު ދިން މީހަކު ބުނެފައިވެއެވެ.

މީދާ ގިނަވުމަކީ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން ގިނަ އަދަދެއްގެ ނުރައްކައުތެރި ބަލިތައްވެސް ފެތުރޭ ސަބަބަކަށްވުމުން ކަމާއިބެހޭ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީ އަވަސް ހައްލެއް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް