އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުލައި 27 ވަނަ ދުވަހު ހަވީރު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި

ޖުލައި 27 ވަނަ ދުވަހު ހަވީރު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މިމަހުގެ 27 ވަނަ ދުވަހު ހަވީރު، މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކަމަށާއި، އެދުވަހު އުޅެންވާނީ ފައިމަގުގައި ކަމަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އެކައުންސިލުން ބުނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި މަހުގެ 27 ވާ ހޮނިހިރު ދުވަހު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ޤައުމީ ކެޑޭޓްކޯގެ ފަރާތުން ބައިވެރިވާ ހަތަރު ބޭންޑާއެކު، ޕެރޭޑާއި ރޫޓްމާޗް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލޭސިޓީ ކައުންސިލުން ފާސްކޮށްފައިވާ ގަރާރެއްގައި ބުނެފައިވަނީ، މިނިވަން ދުވަހުގެ އުފާފާޅު ކުރުމަށް މާލޭގެ މަގުތަކުގައި ބާއްވާ މިކުޅިވަރުތައް ބެލުމަށްޓަކައި އުމުރުން ދޮށީމީހުންނާއި، ކުޑަކުދިންނާއި، ގިނަ އަދަދެއްގެ ޒުވާނުން ވެސް މަގުމައްޗަށް ނިކުމެ އުޅޭ ވަގުތުގައި، މީހަކަށް ގެއްލުމެއް ލިބިދާނެކަމަށްޓަކައި އެވަގުތުތަކުގައި ފައިމަގުގަި ހިފާ އުޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ޖުލައި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އިން ފެށިގެން އެދުވަހުގެ ހަވީރު 18:30 އަށް މާލެ ސިޓީގެ މަގުތަކަކީ އެންމެހަ ވެހިކަލްތައް ދުއްވުން މަނާ ވަގުތެއް ގޮތުގައި ކަނޑައަޅާކަމަށާއި ހަމަ އެވަގުތުތަކުގައި މާލެ ސިޓީގެ މަގުތަކުގަި ފައިމަގުގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސާކަމަށް ވެސް އެކައުންސިލުން ފާސްކޮށްފައިވާ ޤަރާރުގައިވެއެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ