އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީން ފެންނަމުން އެދާ ރަނުގެ ޚަޒާނާތަކަކީ ސުލައިމާންގެފާނާއި ގުޅިފައިވާ ޚަޒާނާތަކެއް! - ހޭދަކުރެވެން ޖެހޭނީ މުސްލިމުންގެ ކުރިއެރުމަށް!

ސައުދީން ފެންނަމުން އެދާ ރަނުގެ ޚަޒާނާތަކަކީ ސުލައިމާންގެފާނާއި ގުޅިފައިވާ ޚަޒާނާތަކެއް! - ހޭދަކުރެވެން ޖެހޭނީ މުސްލިމުންގެ ކުރިއެރުމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

މުސްލިމުންނަށް މިއަދު ލިބެމުން އަންނަ ތަނަވަސްކަމަށް ބަލާށެވެ! ސައުދިއަރަބިޔާގައި ހުރި ތެލުގެ ރިޒަރވް ހުރިގޮތަށް ހުއްޓައި ގިނަ އަދަދެއްގެ ރަން ފެނުނުކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ސައުދިއަރަބިޔާއިން ފެނިގެން އެ އުޅެނީ އާދައިގެ ކަމެއް ނޫނެވެ. ބެލެވޭ ގޮތުން އެއީ އެތައް ބައިވަރު ކޮޅުތަކެއް ގުޅިފައިވާ ބިޔަ ޚަޒާނާތަކެކެވެ.  

ސައުދިއަރަބިޔާއިން އެފަދަ ޚަޒާނާއެއް ފެނުމަކީ އެއްގޮތަކަށް ވެސް ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެހެނީ ލިޔެވިފައިވާ ސިޔަރަތުން އެނގޭ ގޮތުގައި މައްކާ އާއި މަދީނާ އާއި ދެމެދުގައިވާ ސަރަހައްދަކީ ސުލައިމާނުގެފާނާއި ގުޅުންހުރި ސަރަހައްދެކެވެ. ވީމާ ސައުދިއަރަބިޔާއިން ރަނުގެ ބޮޑެތި ޚަޒާނާތައް ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. 

ހަމައެއާއިއެކު އަފްޣާނިސްތާނާއި އަޅައިގަނެ ނުނެއްޓެވިގެން އެންމެން މިއުޅޭ ސަބަބަކީ ހީވެސް ނުކުރެވޭ ފަދަ ގިނަ އަދަދެއްގެ މިނެރަލްސް އެ ޤައުމުގައި ހުރިކަން އެނގުމެވެ. ސޯމާލިއާ އާއި ނައިޖީރިއާގައިވެސް ތެލާއި މިނެރަލްސްގެ އެތައް ބައިވަރު ޚަޒާނާތަކެވެ. މުސްލިމުންނަށް ﷲ ތަޢާލާ ގެންދަވަނީ މާލީ ތަނަވަސްކަން މިންވަރުފުޅު ކުރައްވަވަމުންނެވެ. 

މުސްލިމުންނަށް ނުލިބިގެން މިއުޅެނީ އިސްލާމީ އުންމަތް ޣަރަޤްކޮށްނުލައި ފެންމަތީގައި ހިފަހައްޓާނެ ޚަލީފާއެކެވެ. މުސްލިމުން ގޮވައިގެން ތެދުވެރިކަމާއިއެކު ކުރިއަށްދާނެ ވެރިއެކެވެ. 

އިންސާނުން ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވަނީ ފައިސާ ކަމަށް ބުނެވިދާނެއެވެ. ފައިސާ ހުރިނަމަ ދެން ހުރި ކަންކަން ހޯދޭނެއެވެ. ވީމާ ﷲ ތަޢާލާ މިވަނީ ފައިސާގެ ތަނަވަސްކަން މުސްލިމުންނަށް މިންވަރުކުރައްވަވައި ކުރިއަށް ދެވޭނެ މަގު ދައްކަވައިދެއްވަވައިފައެވެ. 

މުސްލިމުންނޭވެ! އަހަރެމެން އަތް އުރާލައިގެން ތިބެގެން ހެޔޮލަފާވެރިއަކު ނުލިބޭނެއެވެ. ހެޔޮލަފާ ވެރިއަކު ދެއްވަވާނީ އެކަމަށް އެދި މަސައްކަތްކުރުމުންނެވެ. 

މުސްލިމް ޤައުމުތަކަށް، ޚާއްޞަކޮށް ސައުދިޢަރަބިޔާއަށް ލިބެމުންދާ މުއްސަނދިކަމަކީ މުޅި އިސްލާމީ އުންމަތަށް ބެހިގެންދާން ޖެހޭނެ ތަނަވަސްކަމެކެވެ. ފެންނަމުންދާ ޚަޒާނާތަކުގެ ފައިދާ މުޅި އިސްލާމީ އުންމަތަށް ފޯރަން ޖެހޭނެއެވެ. ނަމަވެސް ހިތާމައަކީ އެކަން އެގޮތަށް މެދުވެރިނުވާ ކަމެވެ. ސައުދިއަރަބިޔާގެ ރައްޔިތުންނަށް އެކަނިވެސް އެކަށީގެންވާ ފައިދާއެއް ނުކުރާ ކަމެވެ.

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް