އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮސްޓްރޭލިއާގެ އެބޮރިޖިނަލް ޗީފަކު އިސްލާމްވެ އެދަރިކޮޅުގެ ގިނަ އަދަދެއްގެ މީހުން ވެސް އިސްލާމްވަނީ!: ޑރ. ޢަބްދުﷲ ޙާކިމް ކްއިކް

އޮސްޓްރޭލިއާގެ އެބޮރިޖިނަލް ޗީފަކު އިސްލާމްވެ އެދަރިކޮޅުގެ ގިނަ އަދަދެއްގެ މީހުން ވެސް އިސްލާމްވަނީ!: ޑރ. ޢަބްދުﷲ ޙާކިމް ކްއިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

އަހަރެން މީގެ 8 އަހަރު ކުރިން އޮސްޓްރޭލިއާއަށް ދަތުރެއް ކުރީމެވެ. އެ ދަތުރުގައި އޮސްޓްރޭލިއާގެ އެބޮރިޖިނަލް ދަރިކޮޅުގެ ޗީފަކު އަހަރެންނާއި ބައްދަލުކުރިއެވެ. އޭނާ ބުނީ އޭނާ މިހާރު ހުރީ އިސްލާމް ދީން ޤަބޫލުކޮށްގެން ކަމަށާއި އަދި އެމީހުންގެ ގިނަ ބައަކު އިސްލާމް ވަމުން އަންނަ ކަމަށެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އިސްލާމް ދީނުގެ ރިސާލަތު ދުނިޔޭގެ 4 ކަނަށް ވަދެ ނިމުނީއެވެ. އޮސްޓްރޭލިއާގެ އެބޮރިޖިނުންނާއި ހަމައަށް އިސްލާމް ދީން ވާސިލްވާނެ ކަމަށް ހީކުރީ ކާކުހެއްޔެވެ؟ އެމީހުން އަމިއްލައަށް އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރުމަކީ ކާކުގެ ޚިޔާލަށްވެސް އައިކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ އެނގިގެން މިދަނީ ﷲ ތަޢާލާގެ ވަހީ ބަސްފުޅުގެ ތެދުކަމެވެ. ފެންނަމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް އެމީހަކާއި ހަމައަށް އިސްލާމް ދީން ހަމަ އެންމެ ފުރިހަމަ ގޮތުގައި ފޯރާނެ ކަމުގެ ހެކިތަކެވެ. 

މުސްލިމުން ނެތް ޤައުމެއް މިހާރަކު ނެތެވެ. ކީރިތި ޤްރުއާން އެބަހަކަށް ތަރުޖަމާ ކުރެވިފައިވާ ބަހެއްވެސް ނެތް ކަމަށް ބުނެވިދާނެއެވެ. ވީމާ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އިސްލާމް ދީން އެދަނީ ފެތުރެމުންވެ. މުޅި ދުނިޔެ އެދަނީ އިސްލާމީ ނޫރުން އުޖާލާވަމުންނެވެ.

މީސްތަކުންނޭވެ! އިސްލާމްދީން މިދަނީ ބާރަށް ފެތުރެމުންނެވެ. މައްސަލައަކަށް ވެގެން މިއުޅެނީ ޝައިޠާނާގެ ހުރަސްތަކެވެ. ޝައިޠާނާއަށް ހުރަސް އެ އެޅެނީ އަހަރެމެންގެ ދޯދިޔާކަމުންނެވެ. މުސްލިމުންނަމީ ކޮނޑާއި ކޮނޑުޖައްސައިގެން ތިބެންޖެހޭ ބައެކެވެ. އެގޮތަށް ތިބެން ޖެހެނީ އެދެމެދަށް ވަނުމުގެ ފުރުޞަތު ޝައިޠާނާއަށް ނުދިނުމަށެވެ. ނަމަވެސް އަހަރެމެން މިއަދު މިތިބެނީ ކޮންގޮތަކަށްކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ހަމަ އަހަރެމެންނަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް