އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިއޯއައިޖީ ގައި މިއަދު ރާއްޖެ ވާދަކުރި ބައެއް ކުޅިވަރުތައް ރައީސްގެ ދެ ކަނބަލުން ބައްލަވާލައްވައިފި

އައިއޯއައިޖީ ގައި މިއަދު ރާއްޖެ ވާދަކުރި ބައެއް ކުޅިވަރުތައް ރައީސްގެ ދެ ކަނބަލުން ބައްލަވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ދިވެހިރާއްޖެ ވާދަކުރި ބައެއް ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ 

މިއަދު ކުރިޔަށްދިޔަ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ޕެރަ އެތްލެޓިކް 100 މީޓަރު ދުވުމުން ރާއްޖޭގެ ދުވުންތެރިޔާ ވަނީ ބްރޮންޒް މެޑަލް ހޯދާފައެވެ. އަދި ބީޗް ވޮލީގައި ވާދަކުރި ރާއްޖޭގެ ޓީމް ވަނީ ރިހި މެޑެލް ހޯދާފައެވެ.  

ރައީސްގެ ދެކަނބަލުން ވަނީ ހާފް މެރެތަން އަދި ފުލް މެރަތަން ދުވުމުގައި ދިވެހި ކުޅުންތެރިން ބޭނުންކުރި ބޫޓުތަކުގައި ސޮއިކޮށްދެއްވާފައެވެ. 

ރައީސްގެ ދެކަނބަލުން އިއްޔެވެސް ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އިއްޔެ ކުރިޔަށްދިޔަ ބައެއް ކުޅިވަރު ޙަރަކާތްތައް ބައްލަވާލައްވައި ދިވެހި ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފައެވެ. އެގޮތުން އިއްޔެ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ފައިނަލުގައި ކުޅެމުންދިޔަ އިރު އެތަނަށް ޒިޔާރަތްކުރައްވައި ތަރުހީބު ދެއްވައި ޓީމު ހޯދި ކާމިޔާބީގެ އުފާފާޅުކުރުމުގައި ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން އިއްޔެ ރާއްޖޭގެ ބެޑްމިންޓަން ޓީމުގެ މެޗްތައް ވެސް ރައީސްގެ ދެކަނބަލުން ބައްލަވާލެއްވިއެވެ. 

ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިއްޔެ ރަންމެޑެލް ހާޞިލްކޮށްފައިވާއިރު ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑެލް ހާޞިލުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު