އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިދަރިންނާ މައިންބަފައިންނަށް ކުރާ އަނިޔާގެ ހިތިކަން އެމީހެއްގެ އަމިއްލަ ޙަޔާތުން ފެންނާނެ! އުފާވެރިކަމެއް ނުލިބޭނެ!

އަނބިދަރިންނާ މައިންބަފައިންނަށް ކުރާ އަނިޔާގެ ހިތިކަން އެމީހެއްގެ އަމިއްލަ ޙަޔާތުން ފެންނާނެ! އުފާވެރިކަމެއް ނުލިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ދިރިއުޅުން ދަތިވާނަމަ ފުރަތަމަވެސް ވިސްނަންވީ އެހެން މީހަކަށް އެއްވެސް އަނިޔާއެއް ދެވިފައިވާ ކަމާއިމެދުގައެވެ. ރަނގަޅަށް ވިސްނާށެވެ. އަދި އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ އަވަހަށް ގޮސް އެމީހެއްގެ ކިބައިން މަޢާފަށް އެދި ހިތް ޙަލާލް ހޯދާށެވެ! ތިބާއަށް ކުރިމަތިވަމުންދާ މުޞީބާތްތަކަކީ ތިބާއަށް އެހެން މީހަކަށް ކުރެވިފައިވާ ކުށެއްގެ ސަބަބުން ލިބޭ އަނިޔާއެއް ކަމަށްވެދާނެއެވެ.  

ޚާއްޞަކޮށް ތިބާގެ އަނބިދަރިންނަށާއި މައިންބަފައިންނަށް އަނިޔާއެއް ކުރެވިފައިވާނަމަ އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. މައްސަލައެއް ކުރިމަތިވެގެން ދެމަފިރިން ވަކިވާ ނަމަވެސް ޞުލްޙަވެރިކަމާއިއެކު ރިވެތި ގޮތުގައި ވަކިވާން އޮންނަނީ މިސަބަބަށްޓަކައެވެ. ދެމަފިރިން ވަކިވުމަށްފަހު ދަރިންނަށް އިހްމާލް ވެވޭނަމަ އެކަން ވާނީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. އެ އަނިޔާގެ ހިތިކަން ތިމާގެ ޙަޔާތަށް ފޯރާނެކަމަށް ބަލައި އަބަދުވެސް ބިރުވެތިވާން ޖެހޭނެއެވެ! ވީމާ އަމިއްލަ ދިރިއުޅުމުގެ ކަންކަން ދަތިވަމުން އަންނަ ނަމަ މިފަދަ ހުރިހާ ކަމަކަށް ވިސްނަންވާނެއެވެ! އަނބިދަރިންނާއި މައިންބަފައިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރެވޭކަން ކަށަވަރުކުރާށެވެ. ނޫން ނަމަ އެކަމުގެ ހިތިކަން ތިމާގެ އަމިއްލަ ހަޔާތުން ފެންނާނެއެވެ! އުފާވެރިކަމެއް ނުލިބޭނެއެވެ! އެއީ ވަރަށް ބިރުހުރި ކަމެކެވެ!  

ބައެއް މީހުންނަށް ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމުން ކަންބޮޑުވެގެން އުޅެއެވެ. ހިތާމައަކީ މިފަދަ ބައެއް މީހުންނަށް އެހެން މީހުންނާއިމެދު އެމީހުންނަށް ކަންކަން ކުރެވިފައި ހުންނަ ގޮތާއިމެދު ވިސްނައި ނުލެވޭކަމެވެ. މީހަކަށް މުޞީބާތްތަކެއް ކުރިމަތިވުމަށްފަހު ތިމާއަށް އެންމެ އަރާމާއި އުފަލުގައި ދިރިއުޅެވިދާނެ ކަމަށް ހީކުރެވޭކަމެވެ.  

އެމީހެއްގެ ދިރިއުޅުން އުފާވެރިކުރަން ބޭނުންނަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމަކީ އެހެން މީޙުންނަށް އުފާވެރިކަން ހޯޑައިދިނުމެވެ. އެހެން މީހުންނަށް އުފާވެރިކަން ލިބޭނެ ގޮތްތަކަށް ކަންކަން މަގުފަހިކުރުމެވެ. އެފަދަ ކަމެއް ތިމާއަށް ކުރެވެން ނެތް ނަމަ އެންމެ ކުޑަމިނުން އެހެން މީހަކަށް ތަކްލީފެއް ލިބިދާނެ އެއްވެސް ކަމެއް ނުކޮށް ހުރުމެވެ. 

ޙަދީޘްފުޅުގައި އޮތީ މީހާގެ އީމާންކަން ފުރިހަމަވާނީ ތިމާއަށް އެދޭ ކަންކަން އެހެން މީހުންނަސްވެސް ލިބުމަށް އެދިގެން ކަމަށެވެ. އެއްވެސް މީހަކީ ތިމާއަށް އެއްވެސް ތަކްލީފެއް ލިބުމަށް އެދޭނެ މީހެއް ނޫނެވެ. އެހެންކަމުން މި ޙަދީޘްފުޅުން އެނގެނީ އެހެން މީޙުންނަށް ތަކްލީފް ޖައްސުވާ މީހާގެ އީމާންކަން ފުރިހަމަނުވާކަމެވެ. 

ތިމާއަށް އިންޞާފުލިބެން އެދޭފަދައިން އެހެން މީޙުންނަށްވެސް އިންޞާފުލިބެން އެދެން ޖެހޭނެއެވެ. ތިމާގެ ޙައްޤުތައް ހިމާޔަތް ކުރެވެން އެދޭފަދައިން އެހެން މީހުންގެ ޙައްޤުތައް ހިމާޔަތް ކުރެވެން ވެސް އެދެން ޖެހޭނެއެވެ. އަދި އެކަމަށް މަސައްކަތްކުރަންވެސް ޖެހޭނެއެވެ. އެކަން އެނގިގެންދަނީ ﷲ ތަޢާލާގެ ވަހީ ބަސްފުޅުންނެވެ. "މީސްތަކުން އަނިޔާ ލިބިގަންނަނީ އެމީހުންގެ އަމިއްލަ އަތްތަކުން ކުރާ ކަމުގެ ސަބަބުން" ކަމަށް އޮތް ވަޙީ ބަސްފުޅުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް