އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވީޑިއޯ: ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުޅިވަރަކަށް ހަދައިގެން ފަލަސްޠީނު އަންހެނުންނަށާ ކުޑަކުދިންނަށް އަނިޔާކުރަނީ!

ވީޑިއޯ: ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުޅިވަރަކަށް ހަދައިގެން ފަލަސްޠީނު އަންހެނުންނަށާ ކުޑަކުދިންނަށް އަނިޔާކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ޚަބަރުގައިވާ ވީޑިއޯ އިން ފެންނަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުޅިވަރަކަށް ހަދައިގެން ހެބްރޮނަގައި ދިރިއުޅޭ ފަލަސްޠީނު އަންހެނުންނަށާއި ކުޑަކުދިންނަށް އަނިޔާކޮށް ގޯނާކުރާ މަންޒަރެވެ!

ޖާހިލިއްޔަ ޒަމާނުގައި އަޅުންނާއި ނަސަބުގެ ގޮތުން ދަށުދަރަޖައިގެ މީހުންނާއިމެދު މިބާވަތުގެ އަމަލުތައް ކޮށް އުޅުނު ފަދައިން މިއަދުވެސް މިފަދަ އަމަލުތައް ކުރަމުން ގެންދާއިރު ވިސްނައިލަން ޖެހެނީ އެއިރު ހިންގި އެފަދަ ކަންކަން ހުއްތުވާނެ ބައަކު ނެތް ނަމަވެސް މިހާރު އެބަހުރިކަމެވެ. އދ އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް މިފަދަ ކަންކަން ނުފެންނާތީ އެ ޖަމިއްޔާތަކުގެ ބޭނުމާއިމެދު ސުވާލު އުފެދެއެވެ.

މިކަމުން އެނގިގެންދަނީ އދ އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ހަމައެކަނި ބޭނުމަކީ އިސްލާމީ ރިވެތި އަޚްލާޤް ނައްތައިލުން ކަމެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް މުސްލިމަކު ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމެއްގެ ތެރެއަށް ވަދެގަންނާތީއެވެ! އެކަމަށް ފާޑުކިޔާތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް