އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރުސީން ބޭރުގެ ފެއާތަކުގަ ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ހޯދަން ޖެހޭ: އިލްޔާސް ލަބީބް

އެމްއެމްޕީއާރުސީން ބޭރުގެ ފެއާތަކުގަ ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ހޯދަން ޖެހޭ: އިލްޔާސް ލަބީބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އެމްއެމްޕީއާރުސީގެ ޒިންމާތަކުގެ ތެރޭގައި އެކުންފުނިން ބައިވެރިވާ ބޭރުގެ ފެއާތަކުގައި ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް އެ އުފެއްދުންތަކަށް މާކެޓް ހޯދުން ހިމަނަން ޖެހޭ ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިލްޔާސް ލަބީބް ވިދާޅުވީ ސަރުކާރުން ރަށްރަށުގައި އުފައްދަން މަސައްކަތްކުރާ މަސް ޕްލާންޓްތަކުން އުފައްދާ ބާވަތްތަކާއި މިފްކޯގެ އުފެއްދުންތައްވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް މާކެޓް ކުރެވިދާނެ ކަމަށެވެ.

އިލްޔާސް ލަބީބް ވިދާޅުވީ 10 ވަރަކަށް މިލިއަން ރުފިޔާއަށް ބަހައްޓާ މަސް ޕްރޮސެސިންގ ޕްލާންޓަކުން 5 ޓަނާ 10 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ޕްރޮސެސް ކުރެވޭނެ ކަމަށާއި ކޮންމެ ޕްލާންޓެއްގެ ސަބަބުން 12 ވަރަކަށް މީހުންނަށް ވަޒީފާވެސް ލިބިގެންދާ ކަމަށެވެ.

"މިގޮތުން ރާއްޖޭގެ ކަންކޮޅުތަކުގަ 10 ވަރަކަށް ޕްލާންޓް ޤާއިމުކުރެވިދާނެ. މަސް ދަޅުގައިވެސް އެނޫން ގޮތްގޮތަށްވެސް ބަންދުކޮށް ބޮޑު ނަފާ ހޯދިދާނެ." ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ލަބީބް ވިދާޅުވީ މިގޮތުން އުފައްދާ މަހުގެ އުފެއްދުންތައް އެމްއެމް ޕީއާރުސީ މެދުވެރިކޮށް މާކެޓް ކުރެވިދާނެ ކަމަށެވެ. އަދި ރާއްޖެ އަންނަ އެއާލައިންތައް ހުހަށް ފުރައިގެންދާއިރު ރާއްޖޭގެ އުފެއްދުންތައް ހެޔޮ އަގުގައި ދުނިޔޭގެ ބާޒާރަށް އުފުލައިދޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް