އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭސްފަރުވާއަށް ބާޣީ ލުތުފީ އިއްޔެ މާލެ ގެނެސް އަނބުރާ މާފުށީ ޖަލަށް ގެންގޮސްފި!

ބޭސްފަރުވާއަށް ބާޣީ ލުތުފީ އިއްޔެ މާލެ ގެނެސް އަނބުރާ މާފުށީ ޖަލަށް ގެންގޮސްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހުރީ ބާޣީ އަބްދުﷲ ލުތުފީ، ބޭސްފަރުވާއަށް އިއްޔެ އައިޖީއެމްއެޗް އަށް ގެނެސް އަނބުރާ މާފުށީ ޖަލަށް ގެންގޮސްފިއެވެ.

ކަރެކްޝަނަލް ސަރވިސްގެ އިންފޮމޭޝަން އޮފިސަރ އަހުމަދު ނަސީމް "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ލުތުފީ މާލެ ގެނައީ ބޭސްފަރުވާއަށް ކަމަށާއި، ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ މާފުށީ ޖަލަށް ގެންދެވިފައިވާ ކަމަށެވެ.

"ލުތުފީ މާލެ ގެނައީ ބޭސްފަރުވާއަށް. ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރުވަނީ މާފުށީ ޖަލަށް ގެންދެވިފަ. ލުތުފީ މިހާރު ބަހައްޓާފަ ހުންނަނީ މާފުށީ ޖަލުގަ" ނަސީމް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ބާޣީ ލުތުފީގެ ޓެސްޓެއް ވެސް އިއްޔެ ހަދާފައިވެއެވެ. ނަމަވެސް ކަރެކްޝަންސް އިން މިކަން ޔަގީން ކޮށްދެއްވާފައެއް ނުވެއެވެ. ނަސީމް ވިދާޅުވީ ޓެސްޓެއް ހަދަން ޑޮކްޓަރު ދެއްވައިފިނަމަ ހަދާނެ ކަމަށެވެ.

ނޮވެމްބަރ 3 ގައި 19 މީހުން ޝާހީދުކޮށްލި އެހާދިސާގައި އިސްކޮށްހުރި އަބްދުﷲ ލުތުފީ އުމުރަށް ޖަލަށްލާން ކުރި ހުކުމުގައި 21 އަހަރު ފުރިހަމަ ކުރުމަށްފަހު އޭނާވަނީ 2010 ވަނަ އަހަރު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ފިލާފައެވެ. އޭގެ ފަހުން މިއަހަރުގެ މެއި މަހު، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އޭނާ އަމިއްލައަށް ގޮސް ހަވާލުވުމަށްފަހު، މިމަހުގެ 9 ވަނަ ދުވަހު އޭނާވަނީ އެނބުރި މާލެ ގެނެސްފައެވެ.

ހުކުމް ތަންފީޒު ކުރަން ލުތުފީގެ ދެން ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ނަމަވެސް، އޭނާ ފިލައިގެން ދިޔަ މައްސަލަ ވަކިން ބައްލަވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ