އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރާއިރު ހުރިހާ ފުލުހުން އަބަދުވެސް ގާނޫނުތަކަށް ބޯލެނބުމަށް ސީޕީ ޙަމީދު އިލްތިމާސް ކުރައްވައިފި

ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރާއިރު ހުރިހާ ފުލުހުން އަބަދުވެސް ގާނޫނުތަކަށް ބޯލެނބުމަށް ސީޕީ ޙަމީދު އިލްތިމާސް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރާއިރު ހުރިހާ ފުލުހުން ވެސް އަބަދުވެސް ގާނޫނުތަކަށް ބޯލެނބުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިލްތިމާސް ކުރައްވައިފިއެވެ.

"ޕޮލިސް މެމޯރިޔަލް ޑޭ" ފާހަގަކުރަން މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ސީޕީ ޙަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އެންމެ މަތީ ލީޑަރޝިޕްއިން އެންމެ ޚާއްސަ އިސްކަމެއް ދޭނެ އެއްކަމަކީ ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ފަރާތްތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި ގެއްލުމުން ރައްކާތެރި ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ރަނގަޅުކުރުމާއި، ފޯރުވައިދޭންޖެހޭ ތައުލީމާއި، ތަމްރީން އަދި މަސައްކަތަށް ބޭނުންވާ އާލާތްތައް ހަމަޖައްސައިދިނުން ކަމަށެވެ. ސީޕީ ޙަމީދު ވިދާޅުވީ ފުލުހުންގެ ވާޖިބަކީ ޤާނޫނު ނެގެހެއްޓުމާއި މުޖުތަމައު އަމާންކުރުން ކަމަށެވެ.

އަދި ފުލުހުންގެ އެންމެ މަތީ މަސްލަހަތަކީ ރައްޔިތުން ރައްކާތެރިކުރުމާއި ރައްޔިތުންނަށް އެހީތެރިވެ މަދަދުވެރިވުން ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނުގެ އަޚުލާޤުން ޒީނަތްތެރިވުން ކަމަށެވެ.

ފުލުހުންނަކީ އިސްލާމްދީނަށް ފުރިހަމައަށް އަމަލުކުރާ، އަޅުކަންކުރާ އަދި މުއާމަލާތުކުރުމުގައި ނަމޫނާބަޔަކަށްވުމަށްވެސް ސީޕީ ޙަމީދު ވަނީ އިލްތިމާސްކުރައްވައިފައެވެ. "އެދެވޭ ނަތީޖާއަކީ ރައްޔިތުން ފުލުހުންނަށް އެހީތެރިވުމާއި، ކުރާ އިތުބާރާއި ޔަގީންކަން އިތުރުވެ، ފުލުހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ހޯދައިދިނުމަށް ރައްޔިތުންވެސް ވަކާލާތުކުރުން. " ކަމަށް ވިދާޅުވެ ސީޕީ ޙަމީދު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް އަދާކުރާ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

"ޕޮލިސް މެމޯރިޔަލް ޑޭ" ފާހަގަކުރަނީ ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް ނިޔާވާ ނިޔާވާ ފުލުހުންގެ ހަނދާންތައް އައު ކުރުމަށެވެ.

ސީޕީ ޙަމީދު މިއަދު ވިދާޅުވީ މިރަސްމިއްޔާތަކީ އެބައެއްގެ ހަނދާން އަބަދު އައުކޮށް ތާއަބަދަށް ފުލުހުންގެ މުއައްސަސާ ފަޚުރުވެރިވާނެ ފުލުހުންގެ މަތީން ހަނދާންކޮށް ފަސްޖެހުމެއް ނެތި އެފުލުހުން ކޮށްދެއްވި މަތިވެރި ޚިދުމަތާއި ވެލައްވާފައިވާ ގުރުބާނީ ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް