އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނީ ބަހުގެ ޚިދުމަތް ތައާރަފް ކުރުމަށް ހަދަންޖެހޭ ރިޕޯޓް ވަނީ ހަދާ ނިމިފަ- އެމްޓީސީސީ

މިނީ ބަހުގެ ޚިދުމަތް ތައާރަފް ކުރުމަށް ހަދަންޖެހޭ ރިޕޯޓް ވަނީ ހަދާ ނިމިފަ- އެމްޓީސީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

މާލޭގައި މިނީބަހުގެ ޚިދުމަތް ތަޢާރަފުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ރިޕޯޓުގެ މަސައްކަތް ނިންމައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުށަހަޅާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސން ވިދާޅުވެއްޖެއެވެ.

 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ޢަލީ ޒައިން ވިދާޅުވީ، މާލެއަށް މިނީބަހުގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި ހަދަންޖެހޭ "ފީސިބިލިޓީ ރިޕޯޓު" ނިންމައި ޓްރާންސްޕޯޓް މިނިސްޓްރީއަށް މިހާރު އެ ރިޕޯޓު ހުށަހަޅާފައިވާކަމަށެވެ. މި ޚިދުމަތް ދިނުމުގައި ބޭނުންކުރުމަށް ނިންމާފައިވަނީ ތިމާވެއްޓާ ރަށްޓެހި "އިލްޓްރޯނިކް މިނީ ބަސް"ތަކެއް ކަމަށާ އެކުންފުނީގެ މައިގަނޑު ޕްލޭނަކީ މިބަސްތައް ހުޅުމާލޭގައި ޗާޖުކުރުމަށްފަހު މާލޭގައި ދަތުރުކުރުމަށް ބޭނުންކުރުން ކަމަށްވެސް ޒައިން ވިދާޅުވިއެވެ.

 

ޒައިން ވިދާޅުވީ މާލޭގެ ޓްރެފިކް ފްލޯއާއި މަގުތަކުގެ ހަނިކަމަށް ބެލުމަށްފަހު މިޚިދުމަތް ދިނުމުގައި ބޭނުންކުރުމަށް ނިންމާފައިވަނީ 16 ފަސެންޖަރުގެ ޖާގައިގެ 6 މީޓަރުގެ ބަސްތަކެއްކަމަށެވެ. މި ޚިދުމަތް ތަޢާރަފުކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާގުޅިގެން މަސައްކަތް ކުރަމުންދާއިރު، މިއަހަރުގެ ތެރޭގައި މި ޚިދުމަތް މާލެއަށް ތަޢާރަފުވެގެންދިއުމަކީ އެމްޓީސީސީގެ އުއްމީދެއްކަމަށްވެސް ޒައިން ވިދާޅުވިއެވެ.

 

މާލޭ ސިޓީގައި މިނީބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 6 ވަނަ ދުވަހުއެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދަތުރުފަތުރު ކުރުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

 

އެގޮތުން ޕާކުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޕާކީންގ ޒޯންތައް އިތުރުކުރުމާއި، މާލޭގެ ޓްރެފިކް ފްލޯއަށް ވަނީ ދާދިފަހުން ބަދަލުތަކެއް ގެނެސްފައެވެ. އަދި އަތޮޅުތަކުގައިވެސް ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ