އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުޕްރީމްކޯޓުގެ ބެންޗް 7 އަށް އިތުރުކުރުމުގެ އިޞްލާޙު ރައީސް ތަޞްދީޤު ކުރައްވައިފި

ސުޕްރީމްކޯޓުގެ ބެންޗް 7 އަށް އިތުރުކުރުމުގެ އިޞްލާޙު ރައީސް ތަޞްދީޤު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

މިހިނގާ ޖުލައި މަހުގެ 17 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 5 ވަނަ މާއްދާ އިޞްލާޙުކުރުމުގެ ބިލެވެ. އެގޮތުން މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާ "ސުޕްރީމްކޯޓް އެކުލެވިގެންވާގޮތް" އިޞްލާޙުކޮށްފައިވާއިރު އެ އިޞްލާޙުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެންވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް ޢައްޔަންކުރެވޭ އިތުރު 6 ފަނޑިޔާރުންނާއެކު، ޖުމްލަ 7 ފަނޑިޔާރުންގެ މައްޗަށް ކަމުގައެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު