އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން ބޭނުންވަނީ ގޮއިދޫއާއި ފެހެންދޫ ގުޅާލަން: ފެހެންދޫ ކައުންސިލް

ރައްޔިތުން ބޭނުންވަނީ ގޮއިދޫއާއި ފެހެންދޫ ގުޅާލަން: ފެހެންދޫ ކައުންސިލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އެއްފަޅެއްގެ ތެރޭގައި އޮންނަ ދެރައް ކަމަށްވާ ގޮއިދޫއާއި ފެހެންދޫގެ ރައްޔިތުން ބޭނުންވަނީ ދެރަށް ގުޅާލަން ކަމަށް ފެހެންދޫ ކައުންސިލުން ބުނެފިއެވެ.

ފެހެންދޫ ކައުންސިލުން މިހެން ބުނެފައިވަނީ ވީނިއުސް އަށް މައުލޫމާތު ދެއްވަމުންނެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ފެހެންދޫގެ ރައްޔިތުން ބޭނުންވަނީ ގޮއިދޫއާއި ފެހެންދޫ ގުޅާލަން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމަށް މިއަހަރުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދަންނަވާފައިވާ ކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއް ޕްރައިމަރީ ރީޖަންތަކުގެ ގޮތުގައި ތަރައްގީކޮށް، ނުވަ ސަރަހައްދެއް ސަބް ރީޖަންގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާއިރުމި ތަރައްގީގެ ޕްލޭން ނިމޭއިރު ފެހެންދޫއަށް އަންނާނެ ބަދަލު އެނގިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށްވެސް ފެހެންދޫ ކައުންސިލުން ވަނީ ބުނެފަވެ. 

ފެހެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގައި ތިބެގެން ތަޢުލީމު ހާސިލްކުރާނެ ގޮތެއް ނެތުން،، އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ގެންދަނީ ދާއިމީ ގޮތެއްގައި ދަތުރުފަތުރު ކުރާނެ ފެރީގެ ނިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު