އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޫރުގެ އެއްވެސް ބައެއް ބޭނުން ކުރުން ހުއްދައެއް ނޫން!: ޑރ. އިޔާޟް

އޫރުގެ އެއްވެސް ބައެއް ބޭނުން ކުރުން ހުއްދައެއް ނޫން!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

"އޫރުގެ އެއްވެސް ބައެއް ބޭނުން ކުރުން ހުއްދައެއް ނޫނެވެ. އެއީ އެއިގެ ހަން ނަމަވެސް ކަށި ނަމަވެސް ސދަރުބީ ނަމަވެސްމެއެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ އޫރުގެ ހަން ބޭނުންކޮށްގެން ފައިވާން އުފައްދާ މައްސަލަ މީސްތަކުންގެ ސަމާލުކަމަށް ގެނައުމަސް މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން އޫރު މަހުގެ ހަން ހުއްދަވާނެ ކަމަށް ބައެއް މީހުން ކޮމެންޓްކުރުމުން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

"އޫރުގެ ބާވަތްތައް ބޭނުންކުރަނީ އޫރު އުޅޭތީ ކަމަށް" ބައެއް މީހުންނަށް ޤަބޫލުކުރެވޭއިރު ދުނިޔޭގައި މަސްތުވާތަކެތި ވެސް އެބަހުއްޓެވެ. ނަމަވެސް ބޭނުން ކުރުން ހުއްދައެއް ނޫނެވެ. ވީމާ ދުނިޔޭގައި ހުންނަ ކޮންމެ އެއްޗަކީ މުސްލިމުންނަށް ހުއްދައެއްޗަކަށް ހެދޭނީ ކިހިނަކުންތޯއެވެ؟ 

ދުނިޔޭގައި ތަކެތި ހުރުމުގެ އިތުރުން ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައި ގުނަވަންތަކުގެ ބޭނުންވެސް ހިފަން ޖެހެނީ ހުއްދަކުރެއްވެވި ގޮތުގައެވެ. އަތްފަޔާއި ލޮލާއި ދުލާއި ކަންފަތްވެސް ހިމެނޭ ގޮތުންނެވެ. ވީމާ އިސްލާމް ދީނާއި ގުޅުން ހުންނަ ކަންކަމުގައި ދީނުގެ ޙުކުމްތައް ރަނގަޅަށް ނުއެނގިތިބެ ފަތުވާ ނެރޭނަމަ އެ ފަތުވާއެއްގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެކަމަށް ބިރުވެތިވުން ބުއްދިވެރިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް