އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތްމަތި ދަތިކަން އިތުރުވަނީ ދަތިކަމުން ސަލާމަތްވާން އަމަލުކުރެވޭ ގޮތުން!

އަތްމަތި ދަތިކަން އިތުރުވަނީ ދަތިކަމުން ސަލާމަތްވާން އަމަލުކުރެވޭ ގޮތުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މުސްލިމުންނަށް މިއަދު ދަތިތަކާއި ކުރިމަތިލާން ޖެހެމުން މިދަނީ ދަތިތައް ކުރިމަތިވުމުން ހައްލު ހޯދަން ކުރިއަ ދާން ޖެހޭ މަގު ދޫކޮށް އިތުރަށް ދަތިތައް ކުރިމަތިވާނެ މަގުތަކުން ކުރިއަށް ދާން މަސައްކަތްކުރެވޭތީއެވެ. ރަނގަޅަށް ވިސްނައިލާށެވެ! ކޮންމެ ނިޢްމަތެއް ލިބެނީވެސް އަދި ކޮންމެ ދަތިކަމެއް ކުރިމަތިވަނީވެސް އެކަމަކަށް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވުމުންނެވެ.

މުސްލިމުންނަށް އޮތީ ނިޢްމަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ހަމަ އެފަދައިން ދަތިކަމެއް ކުރިމަތިވި ނަމަވެސް ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ވަކީލުކުރުމާއިއެކު ތަޤްވާވެރިކަން އިތުރުކުރުމެވެ. ވީމާ ކޮންމެ ޙާލަތެއްގައި ނަމަވެސް އޮތީ ތަޤްވާވެރިކަން އިތުރުކުރުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް މިއަދު މިވަނީ މިކަން ވަރަށް ބޮޑަށް އޮޅިފައެވެ. މާލީ ގޮތުން ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ ދުއްވައިގަނެވެނީ ރިބާ ހިމެނޭ ގޮތަށް ފައިސާ ހޯދުމަށެވެ. ނޫން ނަމަ ކޮންމެވެސް މަކަރެއް ހަދައިގެން ފައިސާ ހޯދުމަށެވެ. ބައެއް މީހުންނަށް ވައްކަންވެސް ކުރެވެއެވެ. 

މިފަދަ ގޮތަކުން ފައިސާ ހޯދުމުން އެމީހެއްގެ ބޭނުން ވަގުތީ ގޮތުން ފުދިދާނެއެވެ. ނަމަވެސް ދާދި އަވަހަށް އެ ދަތިކަން އެނބުރި ތިމާ އާއި ދިމާއަށް އަންނާނެއެވެ. ލޯނު ނުދެއްކިގެން އިތުރު މައްސަލަތައް ކުރިމަތިވާނެއެވެ. ވައްކަން ފަޅާއަރައިގެން ނުވަތަ ހެދި މަކަރު ބޭޒާރުވެގެން އިތުރު މައްސަލަތައް ކުރިމަތިވާނެއެވެ. އަތުގައި އެވަގުތު ފައިސާ ނެތިގެން ކުރިމަތިވި މައްސަލަތަކަށްވުރެ މާ ބޮޑެތި މައްސަލަތަކާއި ދަތިތައް ކުރިމަތިވާނެއެވެ. 

މީސްތަކުންނޭވެ! ފައިސާ އަތުގައި ނެތިގެން ދަތިވެފައި ހުރިނަމަ އެކަން އޮންނާނީ ތިމާއަށެވެ! އެއްވެސް މީހަކީ އަބަދު ހިތް ފުރިގެން ހުންނާނެ މީހެއް ނޫނެވެ. ވީމާ ދަތިތައް އަބަދުވެސް ދާނީ ކުރިމަތިވަމުންނެވެ! މުސްލިމުންނަށް އޮތީ ކެތްތެރިވުމެވެ. ކެތްތެރިކަމާއިއެކު ﷲ ތަޢާލާ އެންގެވި ގޮތުގައި ސާބިތުވެ ހުރެ ދަތިކަމުން ސަލާމަތްވުމަސް މަސައްކަތްކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް