އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތް ﷲ ގެ ލައުނަތްލެއްވިގެންވާ ބައެއް މީހުން..

މާތް ﷲ ގެ ލައުނަތްލެއްވިގެންވާ ބައެއް މީހުން..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 52 ސިކުންތު

ކޮންމެ މުސްލިމަކު ވެސް އެންމެ ބިރުގަންނަންޖެހޭ އެއްކަމަކީ އަހަރެމެންގެ ވެރި އިލާޙުގެ ލައުނަތް އަހަރުމެންނަށް ލައްވަވާފާނެތީއެވެ.

މާތް ﷲ އީ އެންމެ އޯގާވަންތަ ރަސްކަލާނގެ އެވެ. އަހަރުމެން ދެކެ އެފަރާތަށްވުރެ ބޮޑަށް އެހެން އެއްވެސް ފަރާތަކުން ލޯބިވެވޮޑިގެނެއް ނުވެއެވެ. އެހެންކަމުން މާތް ﷲ ގެ ލައުނަތް ލިބޭނީ، ހަމަޔަގީނުންވެސް އެކުށަކީ ވަރަށް ބޮޑުވެގެންވާ ފާފައަކަށްވުމުންކަން އަހަރެމެން ޤަބޫލުކޮށް، އެފަދަ ކަންކަމުން ދުރުހެލިވެ ތިބެންވާނެއެވެ.

މާތް ﷲ ގެ ލައުނަތްލެއްވިގެންވާ ބައެއް މީހުން: 

 

· ބުމަ ހަދާ މީހުން

އަހަރެމެންގެ ރަސޫލާ މުޙައްމަދު (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ.

لَعَنَ اللَّهُ الْوَاشِمَاتِ وَالْمُسْتَوْشِمَاتِ وَالنَّامِصَاتِ وَالْمُتَنَمِّصَاتِ”‏رواه مسلم

މާނައީ: 'ޓެޓޫ ޖަހާ މީހުންނާއި ޓެޓޫ ޖަހުވާ މީހުންނާއި، ބުމަ ހަދާ އަންހެނުންނަށާއި ބުމަ ހަދުވާ އަންހެނުންނަށް ﷲ ލައުނަތް ލެއްވިއެވެ."

 

· ވައްކަން ކުރާ މީހާ

ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ.

لَعَنَ اللَّهُ السَّارِقَ يَسْرِقُ الْبَيْضَةَ“ مُتَّفَقٌ عَلَيْهِ

މާނައީ: "ވައްކަން ކުރާ މީހާއަށް ﷲ ލައުނަތް ލެއްވިއެވެ. އެމީހާ ވަގަށް ބިހެއް ނެގި ކަމުގައިވިޔަސްމެއެވެ."

 

· އެމީހެއްގެ މައިންބަފައިންނަށް ލައުނަތްދޭ މީހާ

ރަސޫލާ (ޞޢޥ) ހަދީޘްފުޅު ކުރެއްވިއެވެ.

لَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ“ ‏رواه مسلم‏

މާނައީ: "އެމީހެއްގެ މައިންބަފައިންނަށް ލައުނަތް ދީފި މީހަކަށް ﷲ ލައުނަތްލައްވައެވެ."

 

· އަންހެން ހެދިގެން އުޅޭ ފިރިހެނުންނާއި ފިރިހެން ހެދިގެން އުޅޭ އަންހެނުން

އިބްނު ޢައްބާސްގެފާނުގެ ވިދާޅުވިއެވެ. ”لَعَنَ رَسُولُ اللَّهِ صلى الله عليه وسلم الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ.“ رواه البخاري

މާނައީ: ފިރިހެނުންގެ ތެރެއިން އަންހެން ހެދިގެން އުޅޭ ފިރިހެނުންނަށާއި، އަންހެނުންގެ ތެރެއިން ފިރިހެން ހެދިގެން އުޅޭ އަންހެނުންނަށް ރަސޫލާ (ޞޢޥ) ލައުނަތްލެއްވިއެވެ.

 

· ރިބާ ކާ މީހާ

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ”لَعَنَ رَسُولُ اللَّهِ صلى الله عليه وسلم آكِلَ الرِّبَا وَمُوكِلَهُ“ رواه مسلم

މާނައީ: “ ރަސޫލުﷲ ރިބާ ކާ މީހާއަށާއި ރިބާ ކާންދޭމީހާއަށް ލަޢުނަތްލެއްވިއެވެ.“

 

· ދިރޭ ތަކެތީގެ ސޫރަ ހަދާ މީހާ

އަބޫ ޖުޙައިފާގެ އަރިހުން ރިވާވެގެންވެއެވެ. ”وَلَعَنَ الْمُصَوِّرَ“ رواه البخاري

މާނައީ: ”އަދި ރަސޫލުﷲ ސޫރަހަދައި އުޅޭ މީހުންނަށް ލަޢުނަތްލެއްވިއެވެ.“

 

· މާތް ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަމުގައި އެއްޗެއް ކަތިލާމީހާ

ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. ”لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ“ رواه مسلم

މާނައީ: ”ﷲ ފިޔަވައި އެހެން އެހެން އެއްޗެއް ފަރާތެއްގެ ނަމުގައި ޛަބަޙަކުރި މީހާއަށް(އެއްޗެއް ކަތިލިއަށް) ﷲ ލަޢުނަތްލެއްވިއެވެ."

 

މަސްދަރު: ޢިލްމް.އެމްވީ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ