އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 26 ސިކުންތު
މޮރިޝަސްގެ އެއްވަނަ ކުޅުންތެރިޔާ ބަލިކޮށް ރާއްޖޭގެ އައިމިނަތު ނަބީހާ ބެޑްމިންޓަން ވިމެންސް ސިންގަލް ފައިނަލަށް ދަރުރުކޮށްފިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސްގެ ސެމީ ފައިނަލުގައި މިއަދު ކުޅުނު މެޗު ނަބީހާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 21-16، 21-16 އިންނެވެ.
މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ އެތްލީޓުން އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ޓީޓީގައި ގޯލްޑު މެޑެލް ހޯދުން ފާހަގަކޮށްލެވެއެވެ.
Advertisement
25 ޖުލައި 2019