އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 27 ސިކުންތު
ފިރިހެނުންގެ (ލޯންގ ކޯސް) ދުއިސައްތަ މީޓަރު ބެކް ސްޓްރޯކު ޤައުމީ ރެކޯޑު ޢަލީ އިމްއާން އައުކޮށްފިއެވެ.
މި މަހުގެ 12 ން 28 ށް ކުރިއަށްދާ 18 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްސްގައި އޭނާ މި ރެކޯޑު އައުކޮށްފައިވަނީ 02:33.23 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ މިހާރު ކުރިއަށްދާ 10 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 02:43.71 އިން ރޭސް ފުރިހަމަ ކޮށްގެން މުހައްމަދު އާން ހުސައިންއެވެ.
Advertisement
25 ޖުލައި 2019