އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިން ބޭހަކުން ކުޑަކުއްޖަކު ބީރުވި މައްސަލައިގައި 7 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ޚުކުމްކޮށްފި

ދިން ބޭހަކުން ކުޑަކުއްޖަކު ބީރުވި މައްސަލައިގައި 7 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ޚުކުމްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މީގެ 12 ވަރަކަށް އަހަރު ކުރިން ތިނަދޫ ހޮސްޕިޓަލުން ދިން ބޭހަކުން ކުޑަކުއްޖަކު ބީރުވި މައްސަލައިގައި ހަތް މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ޚުކުމްކޮށްފިއެވެ.

ހަތް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކުރީ އިވުން ގެއްލުމުގެ ސަބަބުން ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުމާއި، އާމްދަނީ ހޯދުމުގެ ދޮރު ބަންދުވުމާއި، ހިޔަރިން އެއިޑަށް ކުރަން ޖެހުނު އޮޕަރޭޝަނާއި އެއަށް ކޮންމެ އަހަރަކު ހަރަދުވާ އަދަދު އަގުކުރުމަށް ފަހު އެވެ.

ތިނަދޫ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް 2007 ވަނަ އަހަރު މިކުއްޖާގެންދިއުމުން ޑރ. ޕައުލް ނަމަކަށް ކިޔާ ޑޮކްޓަރަކު ވަނީ ބެކްޓީރިއަލް އިންފެކްޝަނަކަށް ކުއްޖާއަށް ޖެންޓަމައިސިން ކިޔާ އެންޓިބައޮޓިކެއް ދީފަ އެވެ. ވަކި ވައްތަރެއްގެ ޖީންސް ހުންނަ މީހުން މިބޭސް ބޭނުން ކުރުމުން ބީރު ކުރުވައެވެ.

މިކުއްޖާ ތިނަދޫ ހޮސްޕިޓަލަށް ގެންދިޔައިރު އިވުމުގައި އެއްވެސް މައްސަލައެއް ނެތްކަން އެނގެން އޮތްއިރު ކުއްޖާގެ އިވުން ގެއްލިގެން ދިޔައީ ޖެންޓަމައިސިން ދިނުމުގެ ސަބަބުން ނޫން އެހެން ސަބަބެއް މެދުވެރިވެގެންކަން ދައުލަތަށް ސާބިތުކޮށް ދެވިފައިނެތްކަންވެސް ހުކުމުގައި ބުނެފައިވެއެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު